ސްކޫލު ނިމުނުތާ 30 އަހަރު ފަހުން ހަަތަރު ރަހުމަތްތެރިން ފުރަތަމަ ފަހަރަށް ބައްދަލުވިއެވެ.
އެތަނުން އެކަކު ފާޚާނާއަކަށް ދިޔައެވެ. އަނެއް ތިން އެކުވެރިން ތިބީ ވާހަކައިގައެވެ. ދައްކަމުން ދިޔައީ އެމީހުންނަށް ލިބިފައިވާ ފިރިހެން ދަރިން ހޯދާފައިވާ ކާމިޔާބީ ތަކުގެ ވާހަކައެވެ.
ފުރަތަމަ ރަހުމަތްތެރިޔާ ބުނީ އޭނާގެ ދަރިފުޅު ކިޔެވީ އިކޮނޮމިކްސް ކަމަށެވެ. ކިޔަވާ ނިމިގެން އޭނާ ވަޒީފާ އަދާކުރަން ފެށީ ބެންކެއްގައެވެ. އިސާހިތަކުން ވަޒީފާގެ ކުރިއެރުން ލިބެމުން ލިބެމުން ގޮސް އެތަނުގެ އެންމެ މަތީ މަޤާމަށް ވާޞިލްވެވުނެވެ. އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާއަށް ފެރާރީ ކާރެއް ގަނެދިން ވާހަކަވެސް ބުންޏެވެ.
ދެވަނަ ރަހުމަތްތެރިޔާ ބުނީ އޭނާގެ ދަރިފުޅު ވީ ޕައިލެޓަކަށް ކަމަށެވެ. އެ ކުއްޖާވެސް އެންމެ ފަހުން އަމިއްލަ އެއަރލައިން އެއް ހުޅުވިއެވެ. ބޮޑު މަހުޖަނަކަށް ވިއެވެ. އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާއަށް ގަނެދިނީ ޖެޓެއް ކަމަށްވެސް ބުންޏެވެ.
ތިންވަނަ ރަހުމަތްތެރިޔާ ބުނީ އޭނާގެ ދަރިފުޅު ވީ އިންޖިނޭރަކަށް ކަމަށެވެ. އޭނާވެސް އަމިއްލަ ކުންފުންޏެއް ހުޅުވިއެވެ. އިސާހިތަކުން ބޮޑު މަހުޖަނަކަށް ވިއެވެ. އޭނާގެ އެންމެ ގާތް ރަހުމަތްތެެރިޔާއަށް ގަނެދިނީ ބޮޑު ގަނޑުވަރެކެވެ.
ހަތަރުވަނަ ރަހުމަތްތެރިޔާ ފާޚާނާކޮށްގެން އައިސް ރަހުމަތްތެރިން ދައްކަމުން ދިޔައީ ކޮން ވާހަކައެއްތޯ ސުވާލުކުރިއެވެ. އެމީހުން ދައްކަމުން ދިޔައީ ކޮން ވާހަކަތަކެއް ކަން ބުނެދިނެވެ.
ހަތަރުވަނަ ރަަހުމަތްތެރިޔާ ބުންޏެވެ.
”އަހަރެންގެ ދަރިފުޅު ނުވެއް ކިޔެވި. އޭނާ ވީ ކެފޭއެއްގެ ވޭޓަރަކަށް.“
”އެހެން ވެއްޖެއްޔާ ކަލޭގެ ދަރިފުޅު ކާމިޔާބު މީހަކަށް ނުވީމަ ވަރަށް ދެރަވޭދޯ؟“ ތިން ރަހުމަތްތެރިން އެއް ފަހަރާ ސުވާލުކުރިއެވެ.
”ނޫނޭ.“ ހަތަރުވަނަ ރަހުމަތްތެރިޔާ ބުންޏެވެ. ”މަގޭ ދަރިވެސް ހަމަޖެހިލައިގެން އެބަ ދިރިއުޅޭ. މިދިޔަ ހަފުތާއަކީ އޭނާގެ އުފަންދުވަސް އައި ހަފުތާ. އުފަންދުވަހު ހަދިޔާއަކަށް އޭނާގެ ތިން ރަހުމަތްތެެރިން ވެެގެން ދިނީ ފެރާރީ ކާރަކާ، ޖެޓަކާ ބޮޑު ގަނޑުވަރެއް.“
”ނަސީބަކީ ކަތީބަކު ދޭ އެއްޗެއް ނޫނޭ ބުނަނީ މިހެންވެތާއެވެ.“ ތިން ރަހުމަތްތެރިންގެ ހިތަށް އެރިއެވެ.
މަސްދަރު: ސްޓޯރީޑޯޒް
(ވާހަކަ މިވަނީ ދިވެހި މުޖުތަމަޢަށް ފެތޭގޮތަށް ބަދަލުކޮށްފައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




