ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ވޮއިސް އޮފް އައްޑޫ ސިޓީ” – މޭވަވެތި މަޝްވަރާތަކެއް ކުރެވޭ ކްލަބްހައުސް ގްރޫޕެއް!

ކްލަބްހައުސްގައި ރާއްޖެއިން ފާހަގަކޮށްލެވޭ ކްލަބްތަކަށް ބަލައިލާއިރު، މި ޕްލެޓްފޯމަށް އެންމެ ދޮށީ އައްޑޫ ސިޓީގެ ރައްޔިތުންކަމަށް، އަޅުގަނޑުމެންނަށް ލިބިފައިވާ މަޢުލޫމާތުތަކުން ދައްކައެވެ. އޭގެ ހެއްކެއްގެ ގޮތުގައި ކްލަބްހައުސް ތެރެއިން ފެންނަ އައްޑޫ ސިޓީއަށް ނިސްބަތްވާ ކްލަބްތަކުގެ އަދަދަށް ބަލައިލުމުން ވެސް ފުދެއެވެ. އައްޑޫ ސިޓީގެ ގްރޫޕްތަކުން “ވޮއިސް އޮފް އައްޑޫ ސިޓީ” އަކީ އިންތިޒާމުކުރެވިގެން ވަރަށް ފައިދާހުރި، މޭވަވެތި ވާހަކަތަކަކާއި މަޝްވަރާތަކެއް ކުރެވެމުން އަންނަ ކްލަބެއް ކަން ފާހަގަކޮށްލެވެއެވެ.

މުނިއަވަސްގެ ފަރާތުން “ވޮއިސް އޮފް އައްޑޫ ސިޓީ” ކުރިއަށްގެންދާ އިދާރީ ޓީމާ ‘ކްލަބްހައުސް’ މެދުވެރިކޮށް ވާހަކަދައްކައިލީމެވެ. މަޢުލޫމާތު ދެއްވީ އައްޑޫ ސިޓީގެ ކުރީގެ މޭޔަރު ޢަބްދުﷲ ޞާދިޤުއެވެ.

“ވޮއިސް އޮފް އައްޑު ސިޓީ” ކްލަބުގައި 1600 (މިހާރު 1800) އަށް ވުރެން ގިނަ މެންބަރުން ތިބިކަން ސޯބެ ފާހަގަކުރައްވަމުން ވިދާޅުވީ މި ކްލަބްގެ ބޭނުމަކީ ކްލަބްހައުސް އާއި ސޯޝަލް މީޑިއާގައި އުޅޭ އައްޑޫ ރައްޔިތުންގެ ތެރެއިން ވޮއިސްކުރަން (އަޑުއުފުލަން) ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ފަހިކޮށްދިނުން ކަމަށެވެ.

“ވޮއިސް އޮފް އައްޑޫ ސިޓީ”ން ސޯބެ އާއި ޝާފިޢު މުނިއަވަސް އަށް ދެއްވި ޚާއްޞާ ބަސްދީގަތުން ތިރީގައި އެވަނީއެވެ.

https://www.youtube.com/watch?v=T4AQPgeeHXw

“ވޮއިސް އޮފް އައްޑޫ ސިޓީ” ކްލަބްހައުސްގެ ލިންކަށް ވަދެލައި މި ކްލަބްގައި ކުރިއަށްދާ ވާހަކަތައް އަޑުއަހައިލުމުގެ ފުރުޞަތު ވަނީ އާއްމުކޮށް ހުޅުވައިދެވިފައެވެ.

https://www.clubhouse.com/room/PGEjKrgd

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top