ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކަޒްމިކް އިންޓަނޭޝަނަލްގެ “ޒައްރޫކް”

ދިވެހި ފިލްމީ މަސައްކަތަށް އަލަށް ނުކުމެ މަސައްކަތް ފަށާފައިވާ ކަޒްމިކް އިންޓަނޭޝަނަލް އިން ގެނެސްދޭ ފުރަތަމަ އުފެއްދުން “މަޒްލޫމް”ގެ ދެވަނަ ޗެޕްޓަރެއްގެ ގޮތުގައި ގެނެސްދޭ “ޒައްރޫކް”ގެ ޓީޒަރ ދައްކާލައިފިއެވެ.

ކަޒްމިކް އިންޓަނޭޝަނަލް ގެ ޓިކްޓޮކަށް ލާފައިވާ ޓީޒާއިން ފެންނަނީ ދެމަފިރިއަކާއި އެމީހުންގެ ކުޑަކުޑަ ފިރިހެން ދަރިފުޅު އައު ގެއަކަށް ބަދަލުވުމަށްފަހު އެގޭ ތެރެއިން ފިރިހެން ކުއްޖާއަށް ދިމާވާ ރޫހާނީ ބާރެއް ހުންނަ މަޚްލޫޤެއްގެ ސަބަބުން ކުރިމަތިވާ ބިރުވެރި ހާދިސާތަކެކެވެ.

“ޒައްރޫކް”ގެ ކާސްޓްގައި ހިމެނެނީ ޓިކްޓޮކްގައި ބޮޑު މަޝްހޫރުކަމެއް ހޯދައި ފިލްމީ ދާއިރާގައި ކުރިއަރަމުން އަންނަ ނަތާޝާ ޖަލީލްގެ އިތުރުން ހުނަރުވެރި އެކްޓިންއެއް ދައްކަމުން އަންނަ ޝާރިފް އާއި ޗައިލްޑް އާޓިސްޓެކެވެ.

“އަޑުގަދަ ނުކުރާތީ! ޒައްރޫކް ރުޅި އަންނާނެ!”

@kazmik.intMAZLOOM – Chapter 2 ZARROOK ##kazmikint ##teamkazmikint ##ifilmsmv@aachym @ruthbamua♬ original sound – Kazmik

“ޒައްރޫކް” ފެނިގެންދާނީ ބައިސްކޯފުން ކަމަށް މަޢުލޫމާތު ލިބެއެވެ.

“ޒައްރޫކް” ވެސް ޑައިރެކްޓްކުރަނީ ‘އައިފިލްމްސް’ގެ ފިލްމު “ބަވަތި” އާއި “ނީނާ” އަދި ކަޒްމިކް އިންޓަނޭޝަނަލް އާއި އައިފިލްސް އިން އުފައްދާ “މަޒްލޫމް” ވެސް ޑައިރެކްޓްކުރި އިލްޔާސް ވަހީދު އެވެ. “ޒައްރޫކް” އަކީ ވެސް ކަޒްމިކް އިންޓަނޭޝަނަލް އާއި އައިފިލްސް ގުޅިގެން ގެނެސްދޭ ކުރު ފިލްމެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު
ނަން5 އަހަރު ކުރިން

ނަތާގެ އެކްޓިން ވަރަށް ހަބޭސް އަލަށް ނިކުންނަ މީހަކާ ބަލާފަ އެވަރެއް ހަމަ ނެތޭ ބުނެވޭނީ!!!

ނަން5 އަހަރު ކުރިން

ސަޅި ވާނެ ކަމަށް ވަރަށް އުންމީދު ކުރަން.

Home
Menu
Search
Back to top