ޑާކް ރެއިން އެންޓަޓެއިންމެންޓުން މީޑިއާ ނެޓަށް އުފަައްދައިދިން ސިޓްކޮމް ވެބް ސީރީޒް ”ރޫމީ އާ ޖަންނަތުު“ އައިސް ޓީވީއަށް ވަރަށް އަވަހަށް އަންނާނެ ކަމަށް ޑާކްރެއިން އިން ބުނެފިއެވެ.
”ރޫމީ އާ ޖަންނަތުު“ގައި ރޫމީ [އަބްދުﷲ ޝާފިއު (ފުބޫ)] އަކީ ޝެފެކެވެ. ރޫމީ އަކީ ތަންކޮޅެއް ސަކަގޮތެއް ހުންނަަ މީހެކެވެ. އެހެން ނަމަވެސް އެހެންމީހުންނާއި ތަކެއްޗަށް އޯގާތެރި އަޅައިލާ މިޒާޖެއްގެ ވެރިއެކެވެ. ޖަންނަތު [ނުޒްހަތު ޝުޢައިބް (ނުޒޫ)] އަކީ އެމްއެންޑީއެފްގެ ފަޔަރ ބްރިގޭޑެކެވެ. އެހެންކަމުން ނުޒޫއަކީ އޭޭނާގެ މަޤާމުގެ ޒިންމާދާރުކަން، އަމިއްލަ ދިރިއުޅުމުގައިވެސް ދައްކައިދޭ، ފިސާރި ގޮތުގައި ހުންނަ ހިތްހެޔޮ މިޒާޖެއްގެ މީހެކެވެ.
އައިޝަތު ފުއާދު ތަޢުފީޤު އާއި އަޙްމަދު ޠާލާލް ގެ ސްކްރީންޕްލޭ އަކަށް ޝޫޓްކޮށްފައިވާ މި ސީރީޒަކީ ޢަލީ ޝިފާޢު (ޗިއްޕެ) އާއި މުޙައްމަދު ފައިސަލް ޑައިރެކްޓްކޮށް ގެނެސްދިން ވެބް ސީރީޒެކެވެ.
”ރޫމީ އާ ޖަންނަތުު“ގެ ޕްރޮޑިއުސަރުންނަކީ މުޙައްމަދު ޢަލީ (މޮގާ) އާއި ޢާއިޝަތު ފުއާދު ތަޢުފީޤް އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 17 މެއި 2024ޚަބަރު“ލަސްވިޔަސް” މާލޭ މޭޔޭރަށް ބަރާބަރު!
- 7 މެއި 2024ޚަބަރުމޯލްޑިވްސް ފިލްމު އެސޯސިއޭޝަންގެ ޗެއަރއަށް މުއާ
- 3 މެއި 2024ޚަބަރު“ބަވަތި” ވީޑިއޯކްލަބުން މިހާރު ބަލައިލެވޭނެ
- 30 އޭޕްރިލް 2024ރިޕޯޓްވޯލްނަޓް ކާންވީ ކީއްވެ؟