ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކްލަބްޑެކްގެ އަދާހަމައަކާ އެކު ޚިދުމަތް އަލުން ލިބެން ފަށައިފި

ޕީސީ މެދުވެރިކޮށް ކްލަބްޑެކް ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ ‘ކްލަބްޑެކް’ އެޕްލިކޭޝަން އުފެއްދި ފަރާތާއި ކްލަބްޑެކާއި ދެމެދު މަޝްވަރާތައް ކުރެވި އެއްބަސްވުމަކަށް އައިސް އަލުން އެ އެޕްލިކޭޝަން ބޭނުންކުރެވޭ ގޮތް ހަދައިފިއެވެ.

މިއަދު ހެނދުނުން ފެށިގެން ކްލަބްޑެކް މެދުވެރިކޮށް ކްލަބްހައުސް އަށް ލޮގިންވެ، ޕީސީން ކްލަބްހައުސް ބޭނުންކުރެވެއެވެ. ކްލަބްޑެކުން ބުނީ ކްލަބްޑެކް.އެޕްގެ އެންމެ ފަހު ވާރޝަން 1.4.0 އަށް އަދާހަމަކޮށްގެން މިހާރު ބޭނުންކުރެވޭނެ ކަމަށެވެ.

ކްލަބްޑެކް.އެޕްގެ ވާރޝަން 1.4.0 ގައި އިތުރު ބައެއް ފީޗާތައް ހިމަނާފައިވެއެވެ. އެގޮތުން:

* ލޮގިން ބަގް ރަނގަޅުކޮށްފައިވޭ
* އެޕްލިކޭޝަން އަލުން ޑިޒައިންކޮށްފައިވޭ
* އަލަށް ހުޅުވާ ޓެބަށް އޮޓޯފޯކަސް އިތުރުކޮށްފައިވޭ
* ސައުންޑް އިފެކްޓްސް ޓެބް ތަރައްޤީކޮށްފައިވޭ (މިހާރު ޓެބް ތެރެއިން ސްކްރޯލްކުރެވޭ)
* ޔޫޓިއުބް އޯޑިއޯ އިފެކްޓް ބަގް ރަނގަޅުކޮށްފައިވޭ

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top