ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ރޯޒީ : ދަ ސެފްރޯން ޗެޕްޓަރ” ގެ ޓީޒާއެއް ދައްކާލައިފި

ވިވެކް އޮބެރޯއީ ޕްރޮޑިއުސްކޮށް، ވިޝާލް ރަންޖަން މިޝްރާ ޑައިރެކްޓްކުރާ ފިލްމު “ރޯޒީ : ދަ ސެފްރޯން ޗެޕްޓަރ”ގެ ޓީޒާއެއް ދައްކާލައިފިއެވެ.

ސްޓަރ ޕްލަސްގެ ކުރީގެ ސިލްސިލާއެއް ކަމަށްވާ ‘ކަސޯޓީ ޒިންދަގީ ކޭ’ ގައި ވިދާލި ޝްވޭތާ ތިވާރީގެ ދަރިފުޅު ޕަލަކް ތިވާރީ ބޮލީވުޑަށް ތަޢާރަފުކުރާ މި ފިލްމަކީ ބިރުވެރި ވާހަކައެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. ފިލްމުގައި ޕަލަކްގެ އިތުރުން ސަލްމާން ޚާންގެ ކޮއްކޮ އަރްބާޒް ޚާނާއި ތަނީޝާ މުކަރްޖީ ވެސް ފެނިގެންދާނެއެވެ.

ފިލްމު ރިލީޒް ކުރާނެ ތާރީޚެއް އަދި އިޢުލާނު ކޮށްފައި ނުވާއިރު ޕަލަކް ވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓްގައި ފިލްމުގެ ޓީޒާ ޝެއަރ ކުރުމަށްފަހު އޯގަސްޓު 4 ގައި ފިލްމާ ގުޅޭ އިތުރު ސަޕްރައިޒެއް ބެލުންތެރިންނަށް ދޭނެ ކަމުގެ ވާހަކަ ޙިއްސާ ކޮށްފައެވެ.

ފިލްމުގެ މިއުޒިކް ޕާޓްނަރަކީ އިންޑިއާގެ ‘ޓިޕްސް އޮފިޝަލްސް’ އެވެ.

 

View this post on Instagram

 

A post shared by Palak Tiwari (@palaktiwarii)

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top