ދީނީ ސުވާލެއް އޮތީތަ؟
ބޮލީވުޑް
ޝިލްޕާ އެނބުރި ސެޓަށް އަންނަން އަނޫރާގް ބޭނުން

ބަރަހަނާ ފިލްމު އުފައްދައިގެން ދައުރުކޮށް އާމްދަނީ ހޯދި މައްސަލައިގައި ބޮލީވުޑް ބަތަލާ ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖް ކުންދުރާ ހައްޔަރުކުރުމާއެކު ޝިލްޕާ ވަނީ މީޑިއާތަކާއި ދުރަށް ގޮސްފައެވެ. ނޫސްވެރިންނާވެސް ވަރަށް ގާތް ގުޅުމެއް އޮންނަ މި ބަތަލާ ވަނީ އޭނާ ޖަޖުކަން ކުރަމުން އަންނަ ކުޑަކުދިންގެ ޑާންސް ޝޯވ “ސުޕަ ޑާންސާ ޗެޕްޓަރ 4” އިންވެސް ބްރޭކެއް ނަގާފައެވެ. އޭނާ އެނބުރި އަންނާނެކަން ނުވަތަ ޝޯވ މުޅިން ހުއްޓާލިކަންވެސް އަދި އޮތީ ސުވާލެއްގެ ތެރޭގައެވެ.

ދާދި ފަހުން ހިންދުސްތާން ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި ޝޯވގެ އެއް ޖަޖު ކަމަށްވާ އަނޫރާގް ބާސޫ ވަނީ ޝިލްޕާ އެނބުރި ޝޯވއަށް އަންނަން ވަރަށް ބޭނުންވާކަމަށް ބުނެފައެވެ. އޭނާ ބުނެފައިވާ ގޮތުގައި އޭނާއާއި ސެޓުގައި ހިމެނޭ އެންމެންވެސް ޝިލްޕާގެ މަތިން ވަރަށް ހަނދާންވާ ކަމަށާއި ޝޯވގެ މުޅި ކްރޫގެ މެދުގައި ވަނީ ވަރަށް ޚާއްސަ ގުޅުމެއް ކަމަށެވެ.

އަދި ޝޯވގެ މުޅި ކްރޫއަކީ އެއް އާއިލާއެއް ކަމަށާއި އެއިން އެކަކު މަދުވިޔަސް އެއީ ލިބޭ ދަތިކަމެއް ކަމަށް ބުނެފައިވެއެވެ. ޝިލްޕާ އެނބުރި އަންނަނީ ކޮންއިރަކުތޯ ސުވާލުކޮށް މެސެޖު ކުރި ކަމަށާއި އެކަމަށް ޝިލްޕާގެ އެއްވެސް ޖަވާބެއް ނުލިބުނު ކަމަށް އަނޫރާގް ބުނެފައިވެއެވެ. އެހެންކަމުން ޝިލްޕާ އެނބުރި އައުމާއިމެދު އެއްޗެއް ބުނަން ނޭނގޭކަމަށާއި އޭނާއާއި ޝޯވގެ މުޅި ކްރޫވެސް ޝިލްޕާ މަތިން ވަރަށް ހަނދާންވާކަމަށް އޭނާ ބުނެފައިވެއެވެ.

ޝިލްޕާގެ ފިރިމީހާ ހައްޔަރުކުރި ފަހުން މީޑިއާތަކާއި ދުރުވެގެން ހުރި ޝިލްޕާ ވަނީ ދާދި ފަހުން މީސްމީޑިއާއަށް ވީޑިއޯއެއް ދޫކޮށްލާފައެވެ. އެ ވީޑިއޯގައި އޭނާ ވަނީ ދުޅަހެޔޮކަމާއެކު ދިރިއުޅުމާއި ދިރިއުޅުމަށް ޔޯގާގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top