ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޝާހްގެ “ޕަތާން” ގެ ޝޫޓިންގ ޔޫރަޕުގައި

ބޮލީވުޑް އެކްޓަރ ޝާހް ރުކް ޚާންގެ ފިލްމު “ޕަތާން”ގެ ޝޫޓިންގ އަނެއްކާވެސް މާދަމާ ފަށާއިރު ފިލްމުގެ ބޮޑު ބައެއް ޔޫރަޕުގެ ޤައުމުތަކުގައި ނަގާނެކަމަށް ރިޕޯޓުތައް ބުނެފިއެވެ. އެގޮތުން އަންނަ މަހު ސްޕެއިންގައި ބޮޑު ބައެއް ޝޫޓްކުރާނެއެވެ.

މިއަހަރުގެ ޖެނުއަރީ މަހު ޝާހް ފިލްމުގެ ދުބާއީގައި ނަގަން ހަމަޖެހިފައިވާ ބައިތައް ނަގައި ނިންމާލާފައިވާއިރު ސަލްމާން ޚާންވެސް ވަނީ ފިލްމުގައި ހިމެނޭ އޭނާގެ ޚާއްސަ ފެނިލުމުގެ މަންޒަރުތައް ނަގައި ނިންމާލާފައެވެ. އަދި ޕްރޮޑަކްޝަން ކުންފުނިން ރަސްމީކޮށް އިޢުލާން ނުކުރާ މި ފިލްމުގެ މައިގަނޑު ރޯލުތަކުން ފެނިގެންދާނީ ޝާހްގެ އިތުރުން ދީޕިކާ ޕަޑުކޯންއާއި ޖޯން އަބްރަހަމްއެވެ.

މިދިޔަ އަހަރު ނޮވެމްބަރު މަހުގެ ތެރޭގައި ޝޫޓިންގ ފެށި “ޕަތާން”ގެ ޝޫޓިންގ ވަނީ، އިންޑިއާގައި ދެވަނަ ފަހަރަށް ލޮކްޑައުން އިޢުލާންކުރުމާއި ހަމައަށް ވަރަށް އޮމާންކޮށް ހަލުވިކަމާއެކު ކުރިއަށް ގެންގޮސްފައެވެ. އަލުން ޝޫޓިންގ ފަށާއިރު ޝޫޓިންގ ކުރިއަށް ގެންދާނީ ކޮވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއި ޤަވާއިދުތަކާއި އެއްގޮތަށް ކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ.

ޔާޝް ރާޖް ފިލްމްސް އިން ޕްރޮޑިއުސްކޮށް ސިދާތު އާނަންދު ޑައިރެކްޓްކުރާ “ޕަތާން” ރިލީޒްކުރަން ނިންމާފައިވަނީ 2022 ގައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top