ބޮލީވުޑްގެ މަޤްބޫލު އެކްޓަރު ޝާހްރުކް ޚާނާއި ނަޔަންތަރާ، ތަމަޅަ ޑައިރެކްޓަރު އަތުލީގެ ފިލްމުގެ ޝޫޓިންގ އިންޑިއާގެ ޕޫނޭގައި ފަށައިފިއެވެ.
އެކި ލޮކޭޝަންތަކުގައި ޝޫޓް ކުރަން ހަމަޖެހިފައިވާ މި ފިލްމަށް ކިޔާ ނަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ. މި ފިލްމުގައި އިންޑިއާގެ ދެކުނުގެ ތަރި ޕްރިޔަމާނީ ވެސް ފެނިގެންދާނެކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ.

ޝާހްރުކްގެ ޑަބަލް ރޯލު ފެނިގެންދާނެ މި ފިލްމުގެ ޝޫޓިންގ 6 ނުވަތަ 7 މަސް ދުވަސް ތެރޭގައި ނިންމާލަން ވަނީ ހަމަޖެހިފައެވެ.
ޝާހްރުކްގެ ނުނިމި އޮތް ފިލްމު “ޕަތާން”ގެ އެންމެ ފަހުގެ ޝޫޓިންގތަކަށް އަންނަ އޮކްޓޫބަރު މަހު ޔޫރަޕަށް ދިއުމަށް ހަމަޖެހިފައިވާއިރު ރާޖްކުމާރު ހިރާނީއާއެކު ވެސް ފިލްމެއްގެ މަސައްކަތް އަންނަ އަހަރު ފަށަން ވަނީ ތާވަލުކޮށްފައެވެ.
ކިޔުންތެރިންގެ ޚިޔާލު
