ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ރާނީގެ އާ ފިލްމުގެ ޝޫޓިންގ ފަށައިފި

ބޮލީވުޑް ބަތަލާ ރާނީ މުކަރްޖީގެ ކުރިއަށް އޮތް ފިލްމު “މިސިސް ޗަޓަރޖީ ވާސަސް ނޯރވޭ” ގެ ޝޫޓިންގ ފަށައިފިއެވެ.

“ކަލް ހޯ ނާ ހޯ” އާއި “ބަތުލާ ހައުސް” ފަދަ ފިލްމުތައް ގެނެސްދިން ނިކިލް އަދުވާނީއާއި މޮނީޝާ އަދުވާނީއާއި މަދޫ ބޯޖްވާނީގެ ފިލްމު ކުންފުނި އެމޭ އެންޓަޓެއިންމެންޓުން ޕްރޮޑިއުސްކުރާ މި ފިލްމަކީ އަހަރުތަކަކަށްފަހު ޔާޝް ރާޖް ފިލްމްސް ނޫން ޕްރޮޑަކްޝަން ހައުސްއަކަށް ރާނީ ކުޅޭ ފުރަތަމަ ފިލްމެވެ.

އާޝިމާ ޗިބާރ ޑައިރެކްޓްކުރާ މި ފިލްމުގެ އިތުރު އެއްވެސް މަޢުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ރާނީއަކީ އާޝިމާގެ ހޮވުމެއް ކަމަށް ބުނަމުން އިންޑިއާގެ ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫހެއްގައި ބުނެފައިވަނީ ރާނީ ސްކްރިޕްޓް ކިޔުމަށްފަހު ވަގުތުން ފިލްމަށް އާނބަސް ބުނި ކަމަށެވެ.

ފިލްމުގެ ޝޫޓިންގ ފަށާފައިވާއިރު މި އަހަރު ނިމޭ ހިސާބުގައި ޝޫޓިންގ އެއްކޮށް ނިންމާލެވޭނެ ކަމަށާއި އަންނަ އަހަރު ފިލްމުތައް ސިނަމާތަކުގައި އެޅުވޭނެކަމަށް އުންމީދުކުރާކަމަށް ޓީމުން ބުނެފައިވެއެވެ.

ރާނީގެ ދެން އެންމެ އަވަހަށް ރިލީޒްވާނެ ކަމަށް ބެލެވެނީ މަސައްކަތް އެއްކޮށް ނިމިފައިވާ ފިލްމު “ބަންޓީ އޯރް ބަބްލީ 2” އެވެ. ނަމަވެސް މި ފިލްމު ރިލީޒްކުރާނެ ތާރީޚެއް އަދި އިޢުލާނެއް ނުކުރެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top