ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޔޫއްޕެ ޕްރޮޑަކްޝަންގެ އެކްޓަރުންގެ ޕޯޓްފޯލިއޯ ޝޫޓިން ފަށައިފި

ޔޫއްޕެ ޕްރޮޑަކްޝަންގެ ކާސްޓިން ކޯލްގެ ފުރަތަމަ ބެޗްގެ ފޮޓޯ ޝޫޓް ފަށައިފިއެވެ. އިއްޔެއާއި ހަމައަށް ގިނަ އަދަދެއްގެ އެކްޓަރުންގެ ފޮޓޯ ޝޫޓްކޮށްފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

ޔޫއްޕެ ޕްރޮޑަކްޝަންގެ ޕްރޮޑަކްޝަން މެނޭޖަރ އަލީ އުސާމް (ދޮނާ) މުނިއަވަސް އަށް ބުނީ އެ ޕްރޮޑަކްޝަންގެ އުފެއްދުންތަކަށް ހޮވާފައިވާ އެކްޓަރުންގެ ފޮޓޯ ޝޫޓްފަށާފައިވާ ކަމަށާއި އެމީހުންގެ ސެލޫން ޕާޓްނަރަކަށް އެފިލިއޭޓްވެފައިވަނީ ‘ޝައިން ސެލޫން’ ކަމަށެވެ.

“ޔޫއްޕެ ޕްރޮޑަކްޝަންގެ ހުރިހައި ޕޯޓްފޯލިއޯ ޝޫޓްތަކުން ކުރިއަށް އޮތްތަނުގައި ތަފާތު އެކިވައްތަރު ވައްތަރުގެ މޭކަޕްތަކެއް ފެނިގެން ދާނެ.” ދޮނާ ހާމަކުރިއެވެ.

މިމަހު ހަތްވަނަ ދުވަހުން ފެށިގެން ބައިސްކޯފުގައި ޔޫއްޕެ ޕްރޮޑަކްޝަންގެ ކޮމެޑީ ވެބް ސީރީޒް ”ގިރިދާ“ ސްޓްރީމްކުރަން ފަށާފައިވާއިރު، މިހާރު ޔޫއްޕެގެ ޓީމުން ތައްޔާރުވަމުން ދަނީ ވަރުގަދަ ދިގު ސީރީޒެއްގެ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތަކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top