ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ނުޝްރަތުގެ “ޗޯރީ” ނޮވެމްބަރުގައި

ބޮލީވުޑް ބަތަލާ ނަޝްރަތު ބަރޫޗާގެ ބިރުވެރި ފިލްމު “ޗޯރީ” އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ރިލީޒްކުރަން ނިންމައިފިއެވެ.

“ޗޯރީ” އަކީ 2017 ގައި ޑައިރެކްޓަރ ވިޝާލް ފޫރިއާ ގެނެސްދިން ކާމިޔާބު މަރާޓީ ފިލްމު “ލަޕަޗައްޕީ” ގެ ރީމޭކެކެވެ. “ޗޯރީ” ގެ ނަމުގައި އޭގެ ހިންދީ ރީމޭކް ގެނެސްދޭއިރު ނުޝްރަތުގެ އިތުރުން މައިގަނޑު ރޯލުތަކުން މިތާ ވަޝިޝްތުއާއި ރާޖޭޝް ޖައިސްއާއި ސޯރަބް ގޯޔަލް ފެނިގެންދާނެއެވެ.

“ޗޯރީ” އަކީ “ޕިޔާރް ކާ ޕަންޗްނާމާ” އާއި “ސޯނޫ ކޭ ޓީޓޫ ކީ ސްވީޓީ” ފަދަ ކާމިޔާބު ފިލްމުތައް ކުޅެފައިވާ ނުޝްރަތުގެ ފުރަތަމަ ބިރުވެރި ފިލްމެވެ. މި ފިލްމުގައި އޭނާ ފެނިގެންދާނީ ވަރަށް ހީނުކުރާ ކަހަލަ ތަފާތު ރޯލަކުން ކަމަށް އޭނާ ބުނެފައިވެއެވެ.

ރިލީޒްކުރާ ސީދާ ތާރީޚެއް އަދި އިޢުލާނު ނުކުރާ “ޗޯރީ” އަންނަ ނޮވެމްބަރު މަހު އެމެޒޯން ޕްރައިމް ވީޑިއޯގައި ރިލީޒްކުރަން ނިންމާފައިވާއިރު، މި ފިލްމު ޑައިރެކްޓްކޮށްފައިވަނީ މަރާޓީ ފިލްމުވެސް ޑައިރެކްޓްކުރި ވިޝާލްއެވެ.

ނުޝްރަތު އެންމެ ފަހުން ފެނިފައިވަނީ މިއަހަރުގެ ކުރީކޮޅު ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންސްއިން ގެނެސްދިން ނެޓްފްލިކްސްގެ އެންތޮލޮޖީ ފިލްމު “އަޖީބް ދާސްތާންސް”އިން އެވެ.

“ޗޯރީ” ގެ އިތުރުން ނުޝްރަތުގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ސަނީ ކޯޝަލްއާއެކު ކުޅުނު “ހުޅްދަންގް” އާއި އަކްޝޭ ކުމާރާއި ޖެކްލިން ފެނާންޑޭޒްއާއެކު ކުޅޭ “ރާމް ސެތޫ” ހިމެނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top