ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ރިޓްޒް ލިރިކްސްގެ “ޤަރާރް” އާއެކު ރާޔާ!

ބްރޭންޑެއްގެ ގޮތުގައި ލިރިކްސް ހެދުމަށް މަޝްހޫރުކަން ހޯދާފައިވާ ރިޓްޒް ލިރިކްސްގެ އައު ލަވަ “ޤަރާރް” ރިލީޒްކޮށްފިއެވެ. މި ލަވަ ކިޔާފައިވަނީ، ގައިން ހީބިހި ނަގާފަދަ ހިތްގައިމު އަޑަކުން ސަޅި ލަވަތަކެއް ކިޔަމުން އަންނަ އާމިނަތު ރާޔާ އެވެ.

“ޤަރާރް” ލަވަ ރިލީޒްކޮށްދިނީ ޢީސާ އޮންލައިން ޕޮއެޓްރީގެ ވެރިޔާ އަދި މުނިއަވަސްގެ ސީއޯއޯ ޢީސާ ޝަރީފު އެވެ.

ރާޔާގެ ސޯލޯ ލަވަ “ޤަރާރް” ނެރުނީ މުުނިއަވަސް ކްލަބްހައުސް އިން ’ރިޓްޒް ލިރިކްސް ސްޕެޝަލް ވިތު ރާޔާ އެންޑް ޝަމްވީލް ވީއަޕީ ޝޯވ’ގެ ނަމުގައި މިމަހުގެ 19 ވަނަ ދުވަހުގެ ރޭ ބޭއްވި ޚާއްޞަ ޝޯގައެވެ.

ބޮޑު އޯޑިއަންސަކާއެކު ކުރިއަށް ގެންދިޔަ މި ޝޯވގައި ރާޔާގެ އިތުރުން، މަޝްހޫރު ލަވަކިޔުންތެރިޔާ ޝަމްވީލް ބައިވެރިވިއެވެ. މީގެ އިތުރުން ރިޓްޒް ލިރިކްސް ކަރޯކޭ ގްރޫޕްގެ މެންބަރުންނާއި ކްލަބްހައުސްގައި ފާހަގަކޮށްލެވޭ ވަރުގަދަ ބައެއް ކްލަބްތަކުގެ އިސް ފަރާތްތައް ވެސް ބައިވެރިވިއެވެ.

ރޭގެ ޝޯވގައި “ޤަރާރް” ލަވަ އަޑުއަހައިލުމަށްފަހު އެ ލަވައިގެ ޖާދޫގައި ޖެހިއްޖެ ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވާއިރު، މިއަދު މެންދުރުފަހު މުުނިއަވަސް ކްލަބްހައުސް އިންް ކުރިއަށްގެންދިޔަ “ޕްލޭލިސްޓް- ޔޯރ ރީކްއެސްޓް” ޕްރޮގްރާމުގައިވެސް އެ ލަވަ ޖަހައިދިނުމަށް ގިނަ ފަރާތްތަކުން އެދުނުކަން ފާހަގަކޮށްލެވއެވެ.

ރިޓްޒް ލިރިކްސް އިން ކުރިއަށްގެންދާ ޔޫޓިއުބް ޗެނަލް، ސައުންޑްކްލައުޑް އަދި މީސްމީޑިއާގެ އެހެން ބައެއް މަންސަތަކުންވެސް މިހާރު މި ލަވަ އަޑުއަހައިލެވޭނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top