ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މުުނިއަވަސް ކްލަބްހައުސް އަށް ޒޫނާ!

މުުނިއަވަސް ކްލަބްހައުސް އިން ގެނެސްދެމުން އަންނަ ވީއައިޕީ ޝޯވގެ މިރޭގެ އެޕިސޯޑްގައި ރާއްޖޭގެ ލަވަކިޔުންތެރިންގެ ތެރެއިން ފާހަގަކޮށްލެވޭ ރަންއަޑުގެ ވެރިޔާ ފާޠިމަތު ޒޫނާ އަކީ އެހުންތެރިންނާ ބައްދަލުކުރާނެއެވެ. ޒޫނާއާއެކު، ޒޫނާގެ ދަރިފުޅު ނަބީލް ވެސް މިރޭގެ ޝޯވގައި ބައިވެރިވާނެއެވެ.

މިރޭ 10:30ގައި ގެނެސްދޭ ޒޫނާ ސްޕެޝަލް ވީއައިޕީ ޝޯވގައި ޒޫނާގެ ލަވަކިޔުމުގެ ހަޔާތާއި ގުޅުންހުރި ގިނަގުނަ ވާހަކަތަކެއް ދައްކައިލެވޭނެއެވެ. ރާއްޖޭގެ ފިލްމުތަކަށް ލަވަކިޔުމުގެ އިތުރުން ޒޫނާއަކީ ނިކަން ޖޯޝާ ފޯރިއާއެކު ޝޯވތަކުންވެސް ފާހަގަކޮށްލެވިފައިވާ ހުނަރުވެރި ފަންނާނެކެވެ.

ކުޑައިރުއްސުރެ ލަވަކިޔުމަށް ޝައުޤުވެރިކަން ހުންނަ ޒޫނާ ލަވަ ކިޔުމަށް ބޮޑަށް ޝައުޤުވެރިވީ، 1994 ގައި، ޔޫތު މިނިސްޓްރީން ބޭއްވި “ބޭސިކް ވޮއިސް ޓްރޭނިންގ ކޯސް” ފުރިހަމަ ކުރުމަށްފަހުގައެވެ.

ޤައުމީ އެކިއެކި މުނާސަބަަތުތަކަށާއި، ލަވަ އަލްބަމްތަކަށާއި، ފިލްމުތަކަށާއި، އިޝްތިހާރުތަކަށް 500 އަށް ވުރެން ގިނަ ލަވަ ޒޫނާ ކިޔާފައިވެއެވެ.

“ކަސްތޮޅު”ގެ ނަމުގައި ޒޫނާގެ އަމިއްލަ ލަވަ އަލްބަމެއް 1999ގައި ނެރުނެވެ. ސްކޫލް ކުދިންގެ ލަވަ މުބާރާތުގައި ބައިވެރިވާ ކުދިންނަށް ހިލޭސާބަހަށް ލަވަ ދަސްކޮށްދިނުމަކީ ކުރާހިތުން ޒޫނާ ކުރާ ކަމެކެވެ.

މުނިފޫހިފިލުވުމުގެ ދާއިރާއިން؛ ލަވަކިޔުމުގެ ރޮނގުން ޢާންމުޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު 2001 ވަނަ އަހަރު ޒޫނާއަށް ލިބިފައިވެއެވެ.

މީގެ އިތުރުން “އާފަތިސް އެވޯޑްސް”ގެ އެންމެމޮޅު އަންހެން ލަވަކިޔުންތެރިއަކަށް ދޭ އިނާމު 1997 ގައި ޒޫނާއަށް ލިބިފައިވާ ކާމިޔާބީ ތަކުގެ ތެރެއިން ފާހަގަކޮށްލެވެއެވެ.

ޒޫނާގެ މިއުޒިކީ ހަޔާތުގެ އިތުރު ވާހަކަތަކާއެކު މިރޭ މުުނިއަވަސް ކްލަބްހައުސް މެދުވެރިކޮށް ޒޫނާ ސްޕެޝަލް ވީއައިޕީ ޝޯވގައި ގެނެސްދޭނެއެވެ.

ޒޫނާ ސްޕެޝަލް ވީއައިޕީ ޝޯވގެ ލިންކްް:

https://www.clubhouse.com/join/muniavas/0GXFrVmK/xoyQJ70Y

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

ފަހުގެ ޚަބަރު
ސުނާމީ 2030
6 ގަޑިއިރު ކުރިން
ޒަލަފް – ފަހު ބައި
9 ގަޑިއިރު ކުރިން
Home
Menu
Search
Back to top