ކަލާޒް ޓީވީގެ ރިއަލިޓީ ޝޯވ ”ބިގް ބޮސް“ ގެ 15 ވަނަ ސީޒަން މިރޭ ފަށާނެއެވެ.
ވަރަށް ކުލަގަދަކޮށް މިރޭ ޝޯވ ޕްރިމިއާ ކުރާއިރު، މިފަހަރުގެ ސީޒަންވެސް ހޯސްޓް ކުރާނީ އެންމެ ފަހުގެ 6 ސީޒަންވެސް ހޯސްޓްކުރި ބޮލީވުޑް ސުޕަސްޓާރ ސަލްމާން ޚާންއެވެ.
މިރޭ ރާއްޖެ ގަޑިން 9:00 ގައި ދައްކަން ފަށާ ”ބިގް ބޮސް 15“ ގައި ޖުމްލަ 16 ބައިވެރިން ބައިވެރިވާކަމަށް ޚަބަރުތައް ބުނާއިރު މިހާތަނަށް ޔަޤީން ވެފައިވަނީ 12 ބައިވެރިއެކެވެ. އެއީ މިދިޔަ މަހު ވޫޓް އިން ނިންމާލި ”ބިގް ބޮސް އޯޓީޓީ“ ގެ ބައިވެރިންގެ ތެރެއިން ޝޯވ ކާމިޔާބުކުރި ދިވްޔާ އަގަރްވާލްއާއި ނިޝާންތު ބަޓާއި ޝަމީތާ ޝެޓީއާއި ޕްރަތީކް ސެހަޖްޕާލްގެ އިތުރުން ކަރަން ކުންދުރާއާއި އުމަރް ރިއާޒާއި ތޭޖާސްވީ ޕްރަކާޝްއާއި މައިޝާ އައްޔަރްއާއި ސާހިލް ޝްރޮފްއާއި ސިމްބާ ނާގްޕާލްއާއި އަކާސާ ސިންގގެ އިތުރުން ޑޯނަލް ބިޝްޓްއެވެ.
އޭގެ އިތުރުން ޝޯވގެ ބައިވެރިން ކަމަށް ރިޕޯޓުތައް ބުނާ އިތުރު ބައިވެރިންނަކީ ޖޭ ބަނުޝާލީއާއި ވިޝާލް ކޯޓިއަންއާއި އަފްސާނާ ޚާންގެ ވިދީ ޕާންޑިއާއެވެ. މިރޭ ޝޯވގެ ޕްރީމިއާ އޮންނައިރު ކަލާޒްއިން ހުރިހާ ބައިވެރިން ކަށަވަރުކޮށް ނުދޭތީ، މި 4 ބައިވެރިންވެސް ޝޯވއިން ފެނިދާނެތޯ ނުވަތަ ނޫންތޯ ބަލާލަން އަދި ޖެހޭނީ ކުޑަކުޑަ އިންތިޒާރެއް ކޮށްލާށެވެ. އަދި މި ނޫން އިތުރު ބައިވެރިންވެސް ފެނުމަކީ އެކަށީގެންވާ ކަމެކެވެ.
ޖަންގަލީގެ ތީމަކަށް މިފަހަރުގެ ޝޯވ ބައްޓަން ކޮށްފައިވާއިރު، ބިގް ބޮސްގެ ރަސްމީ ގެއަށް ވަނުމަށް ބައިވެރިންނަށް ޖަންގަލި ތެރޭގައި ދަތު އުނދަގޫ ދަތުރެއް ކުރަން ޖެހޭނެއެވެ.
”ބިގް ބޮސް“ ގެ އެންމެ ފަހުގެ ސީޒަން ކާމިޔާބު ކުރީ މަޝްހޫރު ބަތަލާ ރުބީނާ ދިލައިކްއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2025ޚަބަރުއިން ކްލިކްސްގެ ”ލޫޓުވީ ކަލާ“ އާ އަހަރަށް
- 27 ޑިސެމްބަރ 2025ޚަބަރުތެހެރީމްގެ ”ހަމްނަވާ“ ފަށަނީ
- 26 ޑިސެމްބަރ 2025ޚަބަރުލިލީގެ ”ގިސްލާ ރޮއި“ ވަރަށް އަސަރުގަދަ
- 26 ޑިސެމްބަރ 2025ޚަބަރުޕާކިސްތާން ޑްރާމާ ”ސަޒާވާރް“ މިރޭ ފަށަނީ




