ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޖޫނީގެ ހެދުން, ޖާދުގެ ޖާދޫއެއް!

ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ “ސާފް ޗެމްޕިއަންޝިޕް 2021″ގެ ކުލަގަދަ ފެށުމުގެ ރަސްމިއްޔާތުގައި މަޤްބޫލު ލަވަކިޔުންތެރިޔާ ޖޫނީ ޖިނާހް ހުށައަޅައިދިން ލަވައަށް ގިނަބައެއްގެ ސަމާލުކަން ލިބިއްޖެއެވެ. މި ލަވައަށް މިހާ ބޮޑު ސަމާލުކަމެއް ލިބުނީ ޖޫނީގެ ހުނަރުވެރި އަދި އެހާމެ މޮޅު ހުށައެޅުމާއި އޭނާ ލައިގެން ހުރި އާދަޔާޚިލާފު ސަޅި ހެދުމުގެ ސަބަބުންް ކަމަށް ޤަބޫލުކުރަން ޖެހެއެވެ.

“އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021” ހުޅުވުމުގެ ރަސްމިއްޔާތުގައި ޖޫނީ ޖިނާހް ފެނިގެން ދިޔައީ ވަރަށް ދިވެހިވަންތަ ޒަމާނީ ހެދުމެއްގައެވެ. ޖާހާއި ހައިބަތު ރަމްޒުކޮށްދޭ، ޝާހީ އަދާތަކެއް ދައްކުވައިދޭ ދެ ހެދުމެއްގައެވެ. މިއީ ހެދުން ފަރުމާކުރުމުގައި ރާއްޖެއަށް ނަން މަޝްހޫރު ޖާދުﷲ އިސްމާޢީލް (ޖާދު)ގެ ހުނަރުވެރި މަސައްކަތްތަކެއް ފެނިގެންދިޔަ ހެދުންތަކެކެވެ.

“ސާފް ޗެމްޕިއަންޝިޕް 2021ގެ މި ތާރީޚީ މުނާސަބާގައި ބައިވެރިވެވުމަކީ ލިބުނު ބޮޑު ފަޚުރެއް. ޢާއިޝަތު ޖޫނީ ޖިނާހްގެ ސަޤާފީ ޒަމާނީ ހެދުން ފަރުމާކޮށްލަން އަހަންނަށް ލިބުން މިއީ ލިބުނު ބޮޑު ޝަރަފެއް.” ޖާދުގެ ފޭސްބްކްގައި ޖޫނީގެ ފޮޓޯތައް ހިއްސާކުރަމުން ބުނެފައިވެއެވެ.

[responsive-slider id=38228]

މިވަގުތު ރާއްޖޭގައި ތިބި އެންމެ ހުނަރުވެރި އަންހެން ލަވަކިޔުންތެރިންގެ ލިސްޓުގައި ފައިހަމަކޮށްލެވޭ ހިސާބުގައި ހުރި ޖޫނީ ޖިނާހް އަކީ ޖާދުގެ ރެގިއުލަރ ކަސްޓަމާއެކެވެ.

ޖޫނީގެ މި ހެދުންތައް ފަރުމާކުރަން ލިބުނު ގޮތާއި މިކަން ކުރުމުގައި ވިސްނުން ބެެހެއްޓިގޮތް މުނިއަވަސްއާ ޖާދު ވަނީ ހިއްސާކޮށްފައެވެ.

މުނިއަވަސް އިން 2020 ވަނަ އަހަރު ބޭއްވި މަދަހަ މުބާރާތުގައި އުމުރުން 14 އަހަރާއި 16 އަހަރާއި ދެމެދުގެ އުމުރު ފުރާއިން ފަޚުރުވެރި އެއްވަނަ ޖޫނީ ޖިނާޙް ހޯދާފައިވެއެވެ. އަދި 2021ވަނަ އަހަރު ބޭއްވި މަދަހަ މުބާރާތުގެ ފައިނަލް ޝޯވގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ޖޫނީ ބައިވެރިވެފައިވާކަން ފާހަގަކޮށްލަމެވެ.
[aiovg_video type=”facebook” mp4=”https://www.facebook.com/MUNIAVAS/videos/747527409372883″ facebook=”https://www.facebook.com/MUNIAVAS/videos/747527409372883″ poster=”http://www.muniavas.com/wp-content/uploads/2021/10/JJ-SAFF-2021.jpg”]
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

ފަހުގެ ޚަބަރު
ސުނާމީ 2030
2 ގަޑިއިރު ކުރިން
ޒަލަފް – ފަހު ބައި
5 ގަޑިއިރު ކުރިން
Home
Menu
Search
Back to top