އިންޑިއާގެ ރިއަލިޓީ ޝޯވތަކުގައި އެންމެ މަޤުބޫލު ހޯސްޓުންގެ ތެރެއިން ބާރްތީ ސިންގއާއި ފިރިމީހާ ހަރްޝް ލިމްބާޗީޔާއަކީ ފާހަގަކޮށްލެވޭ ދެ ފަރާތެވެ. އެ ދެމީހުންގެ މަޖާ ޖޯކުތަކުން ބެލުންތެރިންނާއި ޝޯވގެ ބައިވެރިން ހެއްވާލުމުގައި އެމީހުން ކާމިޔާބު ހޯދަނީ ނުހަނު ފަސޭހައިންނެވެ.
ދާދި ފަހުން އަނެއްކާވެސް މިވަނީ އެ ދެމީހުންނާއި ގުޅުވައިގެން ވާހަކަތަކެއް ދައްކަން ފަށާފައެވެ. މިހާރު އަޑުގަދަކޮށް ދެކެވޭ ވާހަކައަކީ ބާރްތީގެ ފިރިމީހާ ހަރްޝް އޭނާގެ މަޝްހޫރުކަމުގެ ފައިދާ ނަގާ ވާހަކައެވެ. ކުރިންވެސް މިވާހަކަ ދެކެވުނު ނަމަވެސް އެމީހުން އެއްވެސް އެއްޗެކޭ ބުނެފައެއް ނުވެއެވެ. ނަމަވެސް އަނެއްކާވެސް މި ވާހަކައިގެ އަޑު ގަދަވުމުން ބާރްތީ މިވަނީ ވަރަށް ފުރިހަމަ ރައްދެއް ދީފައެވެ.
ދާދި ފަހުން އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި އެ ސުވާލު ކުރުމުން ބާރްތީ ވަނީ އެކަމަށް ރައްދު ދީފައެވެ. ބާރްތީ ބުނެފައިވާ ގޮތުގައި އެ ދެމީހުންނަށް ދެމީހުން ކިހާ މުހިންމުކަން އެނގޭތީ، އެވާހަކަ އެގޮތަށް ދެއްކުމަކީ އެމީހުންނަށް މާބޮޑު ކަމެއް ނޫނެވެ. އެވާހަކަ އެގޮތަށް އެ ދައްކަނީ އެ ދެމީހުން ގުޅިފައިވަނީ ކިހާ ވަރަކަށްކަން ނޭނގޭތީ ކަމަށްވެސް އޭނާ ބުނެފައިވެއެވެ. އަދި އޭނާ ޝޯވތަކުގައި ބޭނުންކުރާ މޮޅު ޑައިލޮގުތަކަކީ ހަރްޝް ލިޔެފައިވާ ޑައިލޮގުތައްކަން ފާހަގަކޮށް އޭނާ ބުނެފައިވަނީ އެކަން އެމީހުންނާ އެކީ މަސައްކަތްކުރި ފަރާތްތަކަށް އެނގޭނެ ކަމަށެވެ. އޭނާ ހަރްޝްގެ ސްކްރިޕްތައް ކިޔުމަށް ލޯބިކުރާ ކަމަށާއި ސަބަބަކީ އޭނާ އެންމެ ރަނގަޅަށް އެނގޭނީ ހަރްޝްއަށް ކަމަށް ވާތީކަމަށްވެސް ބުނެފައިވެއެވެ. އެ ދެމީހުން ދެމީހުންނާނުލާ ފުރިހަމަ ނުވާކަމަށް ބުނަމުން ބާރްތީ ބުނެފައިވަނީ އެހެންމީހުން ކިޔާ އެއްޗިއްސަށް އަޅާނުލާކަމަށެވެ.
2017 ގެ ޑިސެމްބަރުގައި ބާރްތީއާއި ހަރްޝް ކައިވެނި ކުރި ފަހުންވެސް އެ ދެމީހުން ވަނީ ކާމިޔާބު އެތައް ޝޯވއެއް އެކީގައި ހުށަހަޅާފައެވެ. އޭގެ ތެރޭގައި ”އިންޑިއާސް ބެސްޓް ޑާންސާ“ އާއި މިހާރު ކުރިއަށްދާ ”ޑާންސް ދީވާނޭ 3“ ހިމެނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2025ޚަބަރުއިން ކްލިކްސްގެ ”ލޫޓުވީ ކަލާ“ އާ އަހަރަށް
- 27 ޑިސެމްބަރ 2025ޚަބަރުތެހެރީމްގެ ”ހަމްނަވާ“ ފަށަނީ
- 26 ޑިސެމްބަރ 2025ޚަބަރުލިލީގެ ”ގިސްލާ ރޮއި“ ވަރަށް އަސަރުގަދަ
- 26 ޑިސެމްބަރ 2025ޚަބަރުޕާކިސްތާން ޑްރާމާ ”ސަޒާވާރް“ މިރޭ ފަށަނީ




