ޑާކްރެއިން އެންޓަޓެއިންމަންޓުގެ ވެބް ސީރީޒް “ގިރިޓީ ލޯބި“ގެ ޑަބިން ފަށައިފި އެވެ. މިއީ އަރަމުން އަންނަ ޒުވާން ދެ ތަރިން ކަމުގައިވާ މުހައްމަދު ވިޝާލް (ރޯމަން) އާއި އައިމިނަތު ރަޝްފާ (އާޝާ) ލީޑް ރޯލުން ފެނިގެންދާ ކޮމެޑީ ޑްރާމާއެކެވެ.
“އަޅުގަނޑުމެން މިހާރު މިވަނީ ގިރިޓީ ލޯބިގެ ޑަބިން ފައްޓާފަ. އަދި އެކަމަކު އެބަހުރި ކޮންމެވެސް ވަރަކަށް ޝޫޓިންކޮޅެއް ބާކީ. ދެން މިހާރު އަޅުގަނޑުމެން މި ގަސްދުކުރަނީ ކުރިއަށް އޮތް ދެތިން ދުވަހަކަށް ޑަބިން ކުރިއަށް ގެންގޮސްފަ އަނެއްކާވެސް ޝޫޓްކޮށްލަން.” ހެއްވާ މަޖާ މަންޒަރުތަކެއްގެ ތެރެއިން ލޯބި ފެނިގެންދާ “ގިރިޓީ ލޯބި“ގެ އެންމެ ފަހުގެ މަޢުލޫމާތު މުނިއަވަސް ޚަބަރަށް ދެމުން ޕްރޮޑިއުސަރ މުޙައްމަދު ޢަލީ (މޮގާ) ބުންޏެވެ.
ވެބް ސީރީޒް “ގިރިޓީ ލޯބި“ގެ ޕްރޮޑިއުސަރ މުޙައްމަދު ޢަލީ (މޮގާ) މިދިޔަ މަހު މުނިއަވަސް އަށް ބުނީ އޮކްޓޫބަރު ހިސާބުގައި ސީރީޒްގެ ހުރިހައި މަސައްކަތެއް ނިންމާލައި ނޮވެމްބަރު ނުވަތަ ޑިސެމްބަރުގައި ދައްކަން ފެށޭވަރު ވާނެ ކަމަށެވެ. މި ސީރީޒް ދައްކާނީ ބައިސްކޯފުންނެވެ.
ވިޝާލް އާއި އާޝާގެ އިތުރުން މުޙައްމަދު މަނިކު، އަޙްމަދު ސަޢީދު، މުޙައްމަދު ފައިސަލް އަދި އާދަމް ރިޒްވީ (ރެކްސް) ވެސް މި ސީރީޒްގެ މުހިންމު ރޯލުތަކުން ފެނިގެންދާނެ އެވެ. މީގެ އިތުރުން މުޅިން އާ މޫނު ތަކެއް ވެސް މި ސީރީޒުން ފެންނާނެއެވެ.
“ގިރިޓީ ލޯބި” ވެބް ސީރީޒަކީ ޢާއިޝަތު ފުއާދު ތައުފީޤް އަދި މުޙައްމަދު ޢަލީ (މޮގާ) ޕްރޮޑިއުސްކޮށް، ޢަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކުރާ ސީރީޒްއެކެވެ. މި ސީރީޒްގެ ސްކްރީންޕްލޭ ލިޔުނީ ސްކްރީން ރައިޓަރ އަހްމަދު ޒަރީރުއެވެ.
ހެއްވާ މަޖާ ލޯބީގެ ޑްރާމާތަކާއި ފިލްމުތަކަށް ފަހަކަށް އައިސް ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު، މިއީ ވެސް އެ ރަހަތައް ނިކަން ފުރިހަމައަށް ފެންނާނޭ ސީރީޒެއް ކަމަށް ޑާކްރެއިންއިން ބުނެ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!