ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ބީވުން” ސީރީޒްގެ ޕޯސްޓަރާއި ލަވައެއް ރިލީޒްކޮށްފި

މޭޓް ސްޓޫޑިއޯއިން އުފައްދާ ވެބް ސީރީޒް ”ބީވުން“ގެ ޕޯސްޓަރާއި ލަވައެއް ރިލީޒްކޮށްފިއެވެ. މިއަދު ރިލީޒްކޮށްފައިވަނީ ސީރީޒްގައި ހިމެނޭ ދެ ލަވައިގެ ތެރެއިން އެއް ލަވަ އެވެ.

ރިލީޒްކޮށްފައިވާ ލަވަ “ހަނދު ވަށާލާ، ރީތި ތަރިތައް” ކިޔާފައިވަނީ ޝާހިދާ (ކުޑަ ޝާހިދާ) އަދި ކޮއްކޮ އެވެ. ލަވައިގެ ހިތްގައިމު މިއުޒިކް ހެދީވެސް ކޮއްކޮ އެވެ.

އަސަރުގަދަ ލޯބީގެ ވާހަކައެއްގެ މައްޗަށް ތައްޔާާރުކުރާ “ބީވުން” ޑައިރެކްޓްކުރަނީ ޢަލީ ރަޝީދު (ގޮޅާ އައްޔަ) އެވެ. “ބީވުން”ގެ ލީޑް ކުޅެނީ އިތުރު ތައާރަފެއް ބޭނުންނުވާ ހުނަރުވެރި އެކްޓްރެސް މަރްރިޔަމް ޝިފާ އާއި މޮޅު އެކްޓިންއެއް ދައްކަމުން އަންނަ އަޙްމަދު ޝާރިފް އެވެ. އިތުރު ތަރިންގެ ތެރޭގައި ޢަލީ ޝަމީލް، ފާޠިމަތު ލަޠީފާ، ޔޫޝަޢު، މަރްޔަމް ޙަލީމް، ސާނާ ހިމެނެއެވެ.

”ބީވުން“ގެ ވާހަކައާއި ސްކްރީންޕްލޭ ލިޔުނީ ޢަލީ ރަޝީދުގެ އަންހެނުން އާމިނަތު ރިނާޒާއެވެ. ޑައިރެކްޝަންގެ އިތުރުން ކެމެރާ ކުރާނީ ޢަލީ ރަޝީދު އެވެ. ސްޓޫޑިއޯ މޭޓުން ގެނެސްދޭ މި ސީރީޒަކީ މުޙައްމަދު ފުއާދު (ފޯޑު) ޕްރޮޑިއުސްކުރާ ސީރީރީޒެކެވެ. މިއީ 13 އެޕިސޯޑްގެ ސީރީޒެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top