ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ދަ ލޭޑީކިލާރ” އަށް އަރްޖުން

2012 ވަނަ އަހަރު “އިޝަޤްޒާދޭ” އިން ބޮލީވުޑަށް ތަޢާރަފުވި ބަތަލު އަރްޖުން ކަޕޫރް “ދަ ލޭޑީކިލާރ” ކިޔާ ފިލްމަކަށް ސޮއިކޮށްފިއެވެ.

“ދަ ލޭޑީކިލާރ” އަކީ ބުޝަން ކުމާރްގެ ޓީ ސީރީޒާއި ޝައިލޭޝް ސިންގ ޕްރޮޑިއުސްކޮށް، 2012 ގެ “ބީއޭ ޕާސް” އާއި 2019 ގެ “ސެކްޝަން 375” ގެ ޑައިރެކްޓަރު އަޖޭ ބާލް ޑައިރެކްޓްކުރާ ތުރިލާއެކެވެ.

ލޯތްބާއި ސަސްޕެންސާއި އެ ނޫންވެސް އެތައް އިހުސާސެއް އެކުލެވޭ ވާހަކައެއް ކިޔައިދޭ މި ތުރިލާއަކީ އަރްޖުން މިފަހުން ސޮއިކުރި ފިލްމުތަކުގެ ތެރެއިން އެންމެ އުންމީދީ ފިލްމު ކަމަށް އޭނާ ބުނެފައިވެއެވެ.

މިދިޔަ މަހު ރިލީޒްކުރި ހޮރޯ-ކޮމެޑީ “ބޫތު ޕޮލިސް” ގެ ލީޑްގައި ހަރަކާތްތެރިވި އަރްޖުންގެ ކުރިއަށް ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި 2014 ގައި މޯހިތު ސޫރީ ގެނެސްދިން ކާމިޔާބު ތުރިލާ “އޭކް ވިލަން” ގެ ސީކުއެލް “އޭކް ވިލަން ރިޓާންސް” އާއި އަލަށް ޑައިރެކްޝަނަށް ނުކުތް އާސްމާން ބަރްދުވާޖްގެ ކްރައިމް ޑްރާމާ “ކުއްތޭ” ހިމެނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top