ރާޖްކުމާރް ރާއޯއާއި ސާނިޔާ މަލޯޓްރާ ލީޑް ރޯލުން ފެނިގެންދާ ”ހިޓް – ދަ ފަސްޓް ކޭސް“ ގެ ދެވަނަ ޝޫޓިންގ ޝެޑިއުލް ފަށައިފިއެވެ.
މިއަދު މުމްބާއީގައި ޝޫޓިންގ ފެށިއިރު ނޮވެމްބަރު މަހުގެ ފުރަތަމަ ހަފުތާ ތެރޭގައި މުމްބާއީގައި ޝޫޓްކުރާ ބައި ނިންމާލަން އަމާޒު ހިފާފައިވާކަމަށް ޚަބަރުތައް ބުނެއެވެ. އެއަށްފަހު ދިވާލީ ފާހަގަކުރުމަށް ކުޑަ ޗުއްޓީއެއް ނަގާފައި ތިންވަނަ ޝެޑިއުލް ފުރިހަމަ ކުރުމަށް މަނާލީއަށް ފުރާނެކަމަށް ވެއެވެ.
”ރޫހީ“ ގެ ބަތަލު ރާޖްކުމާރްގެ ވަރުގަދަ އެކްޝަން މަންޒަރުތަކެއް ފެނިގެންދާއިރު، ރާޖްކުމާރް ފުލުހެއްގެ ރޯލުން ފެނިގެންދާ މި އެކްޝަން ތުރިލާއަކީ 2020 ވަނަ އަހަރު ގެނެސްދިން ކާމިޔާބު ތެލުގޫ ފިލްމު ”ހިޓް – ދަ ފަސްޓް ކޭސް“ ގެ ހިންދީ ރީމޭކެވެ.
ޓީ-ސީރީޒާއި ދިލް ރާޖޫއާއި ކްރިޝަން ކުމާރް އަދި ކުލްދީޕް ރާތޯރް ގުޅިގެން ޕްރޮޑިއުސްކުރާ މި ފިލްމު ޑައިރެކްޓް ކުރަނީ ތެލުގޫ ފިލްމު ”ހިޓް“ އިން ޑައިރެކްޝަނަށް ނުކުތް ސައިލޭޝް ކޮލާނޫއެވެ.
”ހިޓް“ ގެ އިތުރުން ރާޖްކުމާރްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި މިމަހު 29 ގައި ޑިސްނީ ޕްލަސް ހޮޓްސްޓާގައި ޕްރިމިއާކުރާ ”ހަމް ދޯ ހަމާރޭ ދޯ“ އާއި ބޫމީ އާއެކު ފެނިގެންދާ ”ބަދާއީ ދޯ“ ގެ އިތުރުން މިހާރު ނެޓްފްލިކްސްގެ ”މޯނިކާ، އޯހ މައި ޑާލިންގ“ ހިމެނެއެވެ. ”ބަދާއީ ދޯ“ އަކީ 2018 ހިޓް ފިލްމު ”ބަދާއީ ހޯ“ ގެ ސީކުއެލްއެވެ.
ސާނިޔާ އެންމެ އަވަހަށް ފެނިގެންދާނީ އަންނަ ނޮވެމްބަރު 5 ގައި ރިލީޒްކުރާ ނެޓްފްލިކްސްގެ ފިލްމު ”މީނާކްޝީ ސުންދަރޭޝްވަރް“ އިންނެވެ. އޭގެ އިތުރުން ”ލަވް ހޮސްޓެލް“ އާއި ޑައިރެކްޓަރު އެޓްލީގެ ”ލަޔަން“ އަކީވެސް ސާނިޔާގެ ކުރިއަށް ހުރި ޝައުޤުވެރި ފިލްމުތަކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2025ޚަބަރުއިން ކްލިކްސްގެ ”ލޫޓުވީ ކަލާ“ އާ އަހަރަށް
- 27 ޑިސެމްބަރ 2025ޚަބަރުތެހެރީމްގެ ”ހަމްނަވާ“ ފަށަނީ
- 26 ޑިސެމްބަރ 2025ޚަބަރުލިލީގެ ”ގިސްލާ ރޮއި“ ވަރަށް އަސަރުގަދަ
- 26 ޑިސެމްބަރ 2025ޚަބަރުޕާކިސްތާން ޑްރާމާ ”ސަޒާވާރް“ މިރޭ ފަށަނީ




