ރާނީ މުކަރްޖީގެ ކުރިއަށް ހުރި ފިލްމުތަކުން އެންމެ އިންތިޒާރު ކުރެވޭ އެއް ފިލްމު ”މިސިސް ޗަޓަރޖީ ވާސަސް ނޯރވޭ“ ގެ ޝޫޓިންގ ނިންމާލައިފިއެވެ.
ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އުފައްދާ މި ފިލްމަކީ ދަރިންނަށްޓަކައި މަޔަކު ޤައުމަކާއި ކުރާ ހަނގުރާމައެއް ދައްކުވައިދޭ ފިލްމެކެވެ. ފިލްމުގެ ޝޫޓިންގ ނިންމާލެވުނީ މަސްހުނި އިހުސާސްތަކުން ފުރިފައި ހުރެކަމަށް ރާނީ ބުނެފައިވެއެވެ.
ރާނީއާއިއެކު އެސްޓޯނިއާގެ އެކްޓަރު ކްރިސްޓްޖަން އުކްސްކޫލާ ލީޑް ރޯލުން ފެނިގެންދާ ”މިސިސް ޗަޓަރޖީ ވާސަސް ނޯރވޭ“ އަކީ ޑައިރެކްޓަރު ނިކިލް އަދުވާނީގެ ފިލްމު ކުންފުނި އެންމޭ އެންޓަޓެއިންމެންޓާއި ޒީ ސްޓޫޑިއޯސް ގުޅިގެން ޕްރޮޑިއުސްކުރި ފިލްމެކެވެ.
”ފަނާ: އޭން އިމްޕޮސިބްލް ލަވް ސްޓޯރީ“ އާއި ”ކެއިސީ ޔޭ ޔާރިޔާނ“ ފަދަ ޓީވީ ސިލްސިލާތައް ގެނެސްދިން ޑައިރެކްޓަރު އާޝިމާ ޗިއްބަރް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ރިލީޒްކުރާނެ ތާރީޚެއް އަދި އިޢުލާނުކޮށްފައި ނުވާއިރު، ފިލްމު ގެނެސްދޭނެ ކަމަށް ބެލެވެނީ އަންނަ އަހަރުއެވެ.
ރާނީގެ އެންމެ އަވަހަށް ރިލީޒްވާން އޮތް ފިލްމަކީ އަންނަ ނޮވެމްބަރު 19 ގައި ރިލީޒްކުރާ ”ބަންޓީ އޯރް ބަބްލީ 2“ އެވެ. ސައިފް ޢަލީ ޚާންއާއި ސިދާންތު ޗަތުރްވެޑީގެ އިތުރުން އަލަށް ތަޢާރަފުކުރާ ޝަރްވާރީވެސް ފެނިގެންދާ މި ކްރައިމް ކޮމެޑީއަކީ އަބީޝެކް ބައްޗަންއާއި ރާނީ ލީޑް ރޯލު ކުޅުނު 2005 ގެ ފިލްމު ”ބަންޓީ އޯރް ބަބްލީ“ ގެ ސީކުއެލްއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2025ޚަބަރުއިން ކްލިކްސްގެ ”ލޫޓުވީ ކަލާ“ އާ އަހަރަށް
- 27 ޑިސެމްބަރ 2025ޚަބަރުތެހެރީމްގެ ”ހަމްނަވާ“ ފަށަނީ
- 26 ޑިސެމްބަރ 2025ޚަބަރުލިލީގެ ”ގިސްލާ ރޮއި“ ވަރަށް އަސަރުގަދަ
- 26 ޑިސެމްބަރ 2025ޚަބަރުޕާކިސްތާން ޑްރާމާ ”ސަޒާވާރް“ މިރޭ ފަށަނީ




