11 އަހަރަށްފަހު އެކްޓަރު ފަރުދީން ޚާން އެނބުރި އަންނަ ފިލްމު ”ވިސްފޮޓް“ ގެ ޝޫޓިންގ ފަށައިފިއެވެ.
ފަރްދީންއާއެކު ރިތޭޝް ދޭޝްމުކްއާއި ޕްރިޔާ ބަޓް މައިގަނޑު ރޯލުތައް ކުޅޭ ”ވިސްފޮޓް“ ގައި ކިޔައިދޭނީ ޓެކްސީ ޑްރައިވަރެއްގެ ގޮތުގައި މަސައްކަތްކުރާ ކުރީގެ ޑްރަގް ޑީލަރަކު، ޕައިލެޓެއްގެ ދަރިފުޅު ކިޑްނެޕްކުރުމުން ދިމާވާ ހާދިސާތަކެކެވެ.
ބުޝަން ކުމާރްގެ ޓީ-ސީރީޒާއި ސަންޖޭ ގުޕްތާގެ ވައިޓް ފެދާ ފިލްމްސް ގުޅިގެން ހަދާ މި ފިލްމަކީ މިދިޔަ އޭޕްރިލް މަހު ރިލީޒްކުރި އަބީޝެކް ބައްޗަންގެ ”ދަ ބިގް ބުލް“ ގެނެސްދިން ކުކީ ގުލާޓީ ޑައިރެކްޓްކުރާ ކްރައިމް ޑްރާމާ ފިލްމެކެވެ.
ވެނެޒުއޭލާ އިން 2012 ގެ އޮސްކާ އެވޯޑަށް ފޮނުވި ”ރޮކް، ޕެޕާ އެންޑް ސިޒާސް“ އަސްލަކަށް ބަލައިގެން ހަދާ މި ފިލްމަކީ 14 އަހަރަށްފަހު ފަރްދީންއާއި ރިތޭޝް އެކުގައި ކުޅޭ ފުރަތަމަ ފިލްމެވެ. އެ ދެމީހުން އެންމެ ފަހުން އެކުގައި ފެނިފައިވަނީ އަކްޝޭ ކުމާރްވެސް ލީޑުން ފެނިގެންދިޔަ 2007 ގެ ކޮމެޑީ ”ހޭ ބޭބީ“ އިންނެވެ.
1998 ވަނަ އަހަރު ބޮލީވުޑަށް ނުކުތް ފަރްދީންގެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި ”ޖަންގަލް (2000)“، ”ޕިޔާރް ތޫނޭ ކިޔާ ކިޔާ (2001)“، ”ބޫތު (2003)“، ”ނޯ އެންޓްރީ (2005)“ އަދި ”ހޭ ބޭބީ (2007)“ ހިމެނެއެވެ. އޭނާ އެންމެ ފަހުން ފެނިގެންދިޔައީ 2010 ގެ ދުލްހާ މިލް ގަޔާ“ އިންނެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2025ޚަބަރުއިން ކްލިކްސްގެ ”ލޫޓުވީ ކަލާ“ އާ އަހަރަށް
- 27 ޑިސެމްބަރ 2025ޚަބަރުތެހެރީމްގެ ”ހަމްނަވާ“ ފަށަނީ
- 26 ޑިސެމްބަރ 2025ޚަބަރުލިލީގެ ”ގިސްލާ ރޮއި“ ވަރަށް އަސަރުގަދަ
- 26 ޑިސެމްބަރ 2025ޚަބަރުޕާކިސްތާން ޑްރާމާ ”ސަޒާވާރް“ މިރޭ ފަށަނީ




