މިއަހަރުގެ އެންމެ ވަރުގަދަ އިނގިރޭސި ފިލްމު ”ޑިއުން“ ސިނަމާތަކަށް ރިލީޒްކޮށްފިއެވެ. ސިނަމާތަކުގެ އިތުރުން އެޗްބީއޯ މެކްސް ސްޓްރީމިން ޚިދުމަތް މެދުވެރިކޮށްވެސް މިހާރު މި ފިލްމު ބަލައިލެވޭނެއެވެ.
ވާނާ ބްރޯސް އިން ގެނެސްދޭ އެޕިކް ސައިންސް ފިކްޝަން ފިލްމް ”ޑިއުން“ ރިލީޒްކުރީ މިމަހު 22ވަނަ ދުވަހު އެވެ. މިރެއިން ފެށިގެން މާލޭގައި ހުންނަ ޝްވެކް ސިނަމާއިން ވެސް މި ފިލްމު ބަލައިލެވޭނެއެވެ.
”ޑިއުން“އަކީ އެމެރިކާގެ މަޝްހޫރު ސައިންސް ފިކްޝަން ވާހަކަ ލިޔުންތެރިޔާ ފްރޭންކް ހާބާޓް 1965 ވަނަ އަހަރު ނެރުނު ވާހަކައަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. ޑެނިސް ވިލެނޯވް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ މި ދިޔަ އަހަރު ރިލީޒްކުރަން އޮތް ފިލްމެކެވެ. ނަމަވެސް ކޮވިޑްގެ ސަބަބުން ފިލްމް އެޅުވުން ގިނަ ދުވަސްތަކަކަށް ފަސްވުމަށްފަހު މި ފިލްމު ރިލީޒްކުރުމުން މިއަށް އިންތިޒާރުކުރި ފަރާތްތަކުން ތިބީ ވަރަށް ބޮޑަށް ހިތްހަމަޖެހި ފިލްމު ބަލައިލަން ދެވޭނެ ވަގުތެއްގެ އިންތިޒާރުގައެވެ.
ބްލޮކްބަސްޓާ ބަޖެޓުގެ އެޕިކް ސައިންސް ފިކްޝަން ފިލްމު ”ޑިއުން“ އުފެއްދި ފްރެންޗް ކެނޭޑިއަން ފިލްމު ޑައިރެކްޓަރު ޑެނިސް ވިލެނޯވަކީ މިވަގުތު ދުނިޔޭގައި ވެސް ތިބި އެންމެ ކުޅަދާނަ ފިލްމު ޑައިރެކްޓަރުންގެ ލިސްޓުގެ ވަރަށް މަތިން ޖާގަ ކަށަވަރުކޮށްފައިވާ ހުނަރުވެރިއެކެވެ. ފޭނުންގެ ހިތްތައް އޭނާ ފަތަހަކުރީ އޮސްކާ އަށް ނޮމިނޭޓްވި ”އެރައިވަލް“ އަދި ”ބްލޭޑް ރަނާ 2049“ އިންނެވެ. ވިލެނޯގެ މި ފިލްމުތައް ބަލައިފައިވާ މީހެއް ނަމަ ހަމަ ކޮންމެހެން ވެސް ”ޑިއުން“ ބަލަން ދާނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




