ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޔޯގީ ބާބޫގެ ކްރިކެޓް ވީޑިއޯއެއް ވައިރަލްވެއްޖެ!

ކޮލީވުޑް ނުވަތަ ތަމަަޅަ ފިލްމު ސިނާޢަތުގެ މަޝްހޫރު ކޮމޭޑިއަން ޔޯގީ ބާބޫ އަކީ އަބަދުވެސް ވަދިކޮށް އުޅޭ ފަންނާނެކެވެ. އޭނާ މަޝްހޫރުވެފައިވަނީ އަސްލާ އެއްގޮތަށް އެކްޓްކުރުމާއި ހާލަތާއި ގުޅޭގޮތަށް މަޖާ ބައިތައް ކުޅޭ މީހެއްގެ ގޮތުގައެވެ. ނަމަވެސް ޔޯގީ ބާބޫއަކީ މޮޅަށް ކްރިކެޓްކުޅޭ އެކްޓައެއްކަން މިއީ އާއްމުންނަށް އެނގިފައި ނެތް ކަމެކެވެ.

މަގުމަތީގައި މަޖަލަށް ކްރިކެޓްކުޅޭ ކުޅުންތެރިއެއް ނަމަވެސް، ޔޯގީ ބާބޫ މިވަނީ އޭނާގެ ކްރިކެޓްގެ ހުނަރު ދައްކައިލާ ފޭނުން ހައިރާންކޮށްލާފައެވެ.

މިވަގުތުވެސް އެތަކެއް ފިލްމެއްގައި މަސައްކަތްކުރަމުން އަންނަ ޖޯގީ ބާބޫއަށް ލިބޭ ހުސް ވަގުތު އޭނާގެ ރަހުމަތްތެރިންނާއެކު ކްރިކެޓް ކުޅެއެވެ. މިގޮތުން ރައްޓެހިންނާއެކު މަގުމަތީގައި ކްރިކެޓްކުޅެން އުޅޭ ވީޑިއޯއެއް އޭނާގެ ޓްވިޓަރގައި ޕޯސްޓްކުރި ހިސާބުން އެ ވީޑިއޯ މިވަނީ ވައިރަލްވެފައެވެ.

ވައިރަލްވެފައިވާ ވީޑިއޯއިން ފެންނަނީ ސިކްސަރ ސްޓައިލްގައި ބޯޅަ ޖަހާ މަންޒަރެވެ. މި މަންޒަރު ފެނިފައި އޭނާގެ ފޭނުން ތިބީ ހައިރާންވެ އަންތަރީސްވެފައެވެ. ފޭނުންގެ ތަޢުރީފުގެ ބަސްތައް އޮހެމުންދަނީ ހީވެސްނުކުރާ މިންވަރަކަށެވެ. މި ވީޑިއޯގައި ޔޯގީ ބާބޫ ބޯޅަ އުކާ މަންޒަރުވެސް ފެނިގެންދެއެވެ.

ޔޯގީ ބާބޫގެ ރަސްމީ މަސައްކަތްތަކަށް ބަލައިލާއިރު، އޭނާ ކުޅެފައިވާ ސިޔާސީ ޑްރާމާ ސްޓައިލްގެ ފިލްމު “މަންޑޭލާ” މިވަނީ އެކެޑަމީ އެވޯޑަށް އިންޑިއާއިން ހުށައަޅާ 14 ފިލްމުގެ ތެރޭގައި ހިމެނިފައެވެ. މި ފިލްމަކީ މަޑޯން އަޝްވިން ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top