ޑާކް ރެއިން ޖަމްޕުގެ ފަރާތުން “އޯ ވަޒަން”ގެ ނަމުގައި ކުރު ފިލްމެއްގެ މަސައްކަތް ފަށައިފިއެވެ. މިއީ 03 ނޮވެމްބަރު 1988ގައި ރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ހަމަލާގައި ދިވެހި ޤައުމާއި ދީނުގެ ދިފާޢުގައި ޝަހީދުވި އަބްޠާލުންގެ ޒިކުރާ އައުކުރުމަށް ހަދާ ފިލްމެކެވެ.
މި ފިލްމުގައި ދައްކުވައިދޭނީ އަދުގެ ޖީލުގެ ކުޑަކުދިންނަށް އެ ދުވަހު ކަން ހިނގި ގޮތް ހަނދާން ހުރީ ކިހާ ވަރަކަށްތޯއާ ދިވެހި ޤައުމުގެ ދިފާޢުގައި ދިވެހިން ޖިހާދުކުރި އެ ދުވަހުގެ ހަނދާންތައް އެކުދިންގެ ހިތްތަކުގައި އަހަރަމެންްނަށް އަށަގެންނެވިފައިވަނީ ކިހިނެއްތޯ ފަދަ ކަންތައްތަކެއްގެ މައްޗަށް ކަމަށް ޑާކް ރެއިން އިން ބުނެއެވެ.
މިއީ މީގެ 33 އަހަރު ކުރިން ދިވެހިންނަށް ކުރިމަތިވި ނުރައްކާތެރި ހަމަލާގައި ލިބުނު ނަޞްރު ފާހަގަކުރުމަށް ގެނެސްދޭ ކުރު ފިލްމެކެވެ. އެ ދުވަހު ޤައުމަށްޓަކައި ޖިހާދުވި ފަރާތްތަކުން އެ ކޮށްދެއްވި އަގުހުރި ޖިހާދުގެ ވާހަކަތައް ކިޔައިދޭނެ ފިލްމެކެވެ.
“އޯ ވަޒަން” ރިލީޒްކުރުމަށް ނިންމާފައިވަނީ ޑާކް ރެއިންގެ މީސްމީޑިއާ މަންސަތަކުގައި 03 ނޮވެމްބަރު 2021ގައެވެ. “އޯ ވަޒަން” އަކީ އަހަރުމެންނަށް އަހަަރުމެންގެ ޤައުމު އަލުން އަނބުރައި ހޯދައިދިން ބަޠަލުންނަށްްޓަކައި ފަޚުރުވެރިކަމާއެކު އަރުވާ ސެލިއުޓެއް ކަމަށް ޑާކް ރެއިން އެންޓަޓެއިންމެންޓުން ބުނެއެވެ.
ޑާކްރެއިން ‘ޖަމްޕް’ އަކީ 2019 ވަނަ އަހަރު ޑާކްރެއިން އެންޓަޓެއިންމަންޓްގެ ފަރާތުން، ދިވެހި ފިލްމީ ދާއިރާއަށް އަލަށް ނުކުތް ފަރާތްތަކުގެ ހުނަރު ދައްކާލާ އެމީހުންގެ މަސައްކަތްތައް މުޖުތަމައުއަށް ތަޢާރަފު ކޮށްދިނުމުގެ ގޮތުން އުފެއްދި މަންސައެއް ކަމަށް ޑާކްރެއިން އިން ބުނެއެވެ.
މިގޮތުން މިދާއިރާގައި ހަރަކާތްތެރިވާ އިންޑިޕެންޑެންޓް ފަންނުވެރިންގެ ހުނަރު، ވީހާވެސް ގިނަބަޔަކަށް ފެންނާނެ ގޮތަށް، ޑާކްރެއިންގެ މީސްމީޑިއާގެ މަންސަތަކުގެ ޒަރީއާއިން އާންމުންނާ ހަމައަށް ފޯރުކޮށްދެވުމުން، އަލަށް މިދާއިރާއަށް ނުކުންނަ ހުނަތުވެރި ފިލްމީ އުފެއްދުންތެރިންނަށް، އެމީހުންގެ އަމިއްލަ ފައިމައްޗަށް ތެދުވެ މަސައްކަތް ކުރުމަށް މަގުފަހިވެގެން ދާނެ ކަމަށް ދެކޭ ކަމަށްވެސް ޑާކް ރެއިން އެންޓަޓެއިންމެންޓުން ބުނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 17 މެއި 2024ޚަބަރު“ލަސްވިޔަސް” މާލޭ މޭޔޭރަށް ބަރާބަރު!
- 7 މެއި 2024ޚަބަރުމޯލްޑިވްސް ފިލްމު އެސޯސިއޭޝަންގެ ޗެއަރއަށް މުއާ
- 3 މެއި 2024ޚަބަރު“ބަވަތި” ވީޑިއޯކްލަބުން މިހާރު ބަލައިލެވޭނެ
- 30 އޭޕްރިލް 2024ރިޕޯޓްވޯލްނަޓް ކާންވީ ކީއްވެ؟