މިމަހު 21ގައި ބައިސްކޯފުން ދައްކަން ފަށާފައިވާ މީ ޕްރޮޑަކްޝަންގެ ވެބް ސީރީޒް “ސިއްރު”ގެ ދެ އެޕިސޯޑެއް މިހާތަނަށް ދައްކާފައިވާއިރު މިހާރު މިވަނީ މުޙައްމަދު އަބޫބަކުރު (މާއެނބޫ) ސިއްރުކޮށްގެން އުޅުނު ސިއްރުތައް ފަޅާއަރަން ފަށައެވެ.
“ސިއްރު”ގެ ލީޑް ރޯލުން ފެނިގެންދަނީ އަޙްމަދު އާސިމްއާއި ހައްވާ ޝާދިޔާ (ޝާ) އެވެ. އާސިމްއާއި ޝާދިޔާގެ އިތުރުން އާމިނަތު ޝުހާއާއި އަޙްމަދު ޝަރީފްވެސް މުހިންމު ރޯލަކުން ފެނިގެންދާ މި ސީރީޒް ކެމެރާކޮށްދީފައިވަނީ ޝަމާހް އިބްރާހީމްއެވެ.
އާސިމް އާއި ޝާ އަކީ ވަރަށް ލޯބިން ދިރިއުޅެމުން އަންނަ ދެމަފިރިންނެވެ. ހަމަ އެގޮތަށް އަހްމަދު ޝަރީފު އާއި ޝުހާ އަކީވެސް ދެމަފިރިންނެވެ. ސީރީޒްގައި ހިފަހައްޓާފައިވާ ބޮޑު ސިއްރު ގުޅެނީ މީގައި އުޅޭ ދެމަފިރިންގެ ދެ ޖޯޑާއެވެ. މިއީ މަދުން ނަމަވެސް ދިވެހި މުޖުތަމަޢުންވެސް ފެންނަ، މައްސަލައެއްގެ މައްޗަށް ތަފާތު ގޮތަކަށް ބަލައިލާފައިވާ ސީރީޒެކެވެ.
އައްޔުމަން ޝަރީފް ބެކް މިއުޒިކް ތައްޔާރުކޮށްދީފައިވާ މި ސީރީޒް އެޑިޓްކޮށްފައިވަނީ މުޙައްމަދު ޝިފުއާންއެވެ. ޝަމާހްގެ ވާހަކައަކަށް މުޙައްމަދު އަބޫބަކުރު (މާއެނބޫ) ޑައިރެކްޓްކޮށް ގެނެސްދޭ މި ވެބް ސީރީޒަކީ 5 އެޕިސޯޑްގެ ސީރީޒެކެވެ.
New episode of #Sirru will be streaming tonight at 9 only on #Baiskoafu pic.twitter.com/ywsj2nD4Tv
— Baiskoafu (@baiskoafu) October 28, 2021
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 އޭޕްރިލް 2025ޚަބަރުމިއަދު އެލިމިނޭޝަން ބުރުގައި “ޓޫ އޮފް އަސް” ގެ ފުރަތަމަ ހުށައެޅުން
- 29 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުން އަބަދަށް ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް!
- 28 އޭޕްރިލް 2025ޚަބަރުމާދަމާރޭ “ސޮރީ” ގެ ޓިކެޓް ވިއްކަން ފަށަނީ
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި