ޔޫއްޕެ ޕްރޮޑަކްޝަނާއި ޝައި ޕްރޮޑަކްޝަނުން “އެ ސީރީޒް”ގެ ނަމުގައި ޑްރާމާ ސީރީޒްތަކެއް ގެންނަން ނިންމައި ފުރަތަ ސީރީޒް “ބޭބީ”ގެ ޓީޒާ އާއްމުކޮށްފިއެވެ.
ޖުމްލަ 08 ޗެޕްޓަރު ހިމެނޭ “އެ ސީރީޒް”ގެ ނަމުގައި އުފައްދާ މި ސިލްސިލާ ގެނެސްދޭން ނިންމާފައިވަނީ ޗެޕްޓަރުތަކަކަށް ބަހާލައިގެން ކޮންމެ ޗެޕްޓަރަކަށް ވަކި ނަމެއް ދީގެންނެވެ.
“ބޭބީ”ގެ ކާސްޓުގައި ހިމެނެނީ ހުނަރުވެރި އެކްޓަރު އިބްރާހިމް ޖިހާދު (ޖިމީ) އާއި ފިލްމީ ދާއިރާއަށް އަލަށް ތައާރަފު ކުރާ އިބްރާހިމް ޔައީޝް އަދި އައިމިނަތު ޝުހާ އެވެ. މީގެ އިތުރުން “ކަރުހަކުރު” ސީރީޒުން މަޤުބޫލުކަން ހޯދި މުހައްމަދު އަފްރާހުވެސް “ބޭބީ”ގެ މުހިންމު ރޯލަކުން ފެނިގެންދާނެ އެވެ.
“ބޭބީ” ލިޔެ ޑައިރެކްޓްކޮށް އެޓިޓްކުރާނީ ޔޫއްޕެއެވެ. މިއުޒިކް ހަދަނީ އައްޔުމަން ޝަރީފް އެވެ. ސިނަމޮޓޯގްރަފީ ހަދަނީ ޒިފާފް އެވެ.
“އެ ސީރީޒް”ގެ ދެވަނަ ޗެޕްޓަރުގެ ނަމަކީ “ފޯން ކޯލް” އެވެ. ތިންވަނަ ޗެޕްޓަރު “އާޓިސްޓް” ނަމުގައި ގެނެސްދޭއިރު ހަތަރުވަނަ ޗެޕްޓަރު ގެނެސްދޭނީ “ސާވަންޓް” ނަމުގައެވެ. ފަސްވަނަ ޗެޕްޓަރު “ލިފްޓް” ނަމުގައި ގެނެސްދޭން ނިންމާފައިވާއިރު ހަވަނަ ޗެޕްޓަރަކީ “ޝެޑޯ” އެވެ. އަދި ހަތްވަނަ ޗެޕްޓަރު “ބެސްޓް ފްރެންޑް” ގެ ނަމުގައެވެ. ފަހު އެޕިސޯޑް ގެނެސްދޭނީ “ބެލް” މި ނަމުގައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 29 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުން އަބަދަށް ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް!
- 28 އޭޕްރިލް 2025ޚަބަރުމާދަމާރޭ “ސޮރީ” ގެ ޓިކެޓް ވިއްކަން ފަށަނީ
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި
- 28 އޭޕްރިލް 2025ޚަބަރުފިލްމު “އަބަދަށް” ޕްރިމިއާކުރުން މިރޭ!