ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ކޮއްކޮމެން ބައޭ ބައޭ” – މުނިއަވަސް ކްލަބްހައުސް އިން ކުޑަކުދިންނަށް!

ކްލަބްހައުސްގައި ޕްރޮފެޝަނަލް ޕޮޑްކާސްޓިންގ އުސޫލަށް އެންމެ އިންތިޒާމުކުރެވިގެން ކުރިއަށް ގެންދާ ރާއްޖޭގެ މަންސަތަކުން ކުރީ ސަފުގައި އުޅޭ މުުނިއަވަސް ކްލަބްހައުސް މެދުވެރިކޮށް ކުޑަކުދިންނަށް ޚާއްޞަ ޝޯވއެއް ގެނެސްދޭން ފަށައިފިއެވެ. ހަފުތާގެ ހޮނިހިރު ދުވަހު މެންދުރުފަހު 13:00ގައި ގެނެސްދޭން ނިންމާފައިވާ “👧👦📖 ކޮއްކޮމެން ބައޭ ބައޭ 👦👧“ގެ ފުރަތަމަ އެޕިސޯޑް ގެނެސްދީފައިވަނީ މިމަހުގެ 20ވަނަ ދުވަހުއެވެ.

👧👦📖 ކޮއްކޮމެން ބައޭ ބައޭ 👦👧” ޕްރޮގްރާމުގައި ކުޑަކުދިންގެ އުމުރާއި ގުޅޭ ކުރު ވާހަކައާއި ތަފާތު މަޢުލޫމާތުތައް ގެނެސްދެވޭނެއެވެ. މިގޮތުން ރާއްޖޭގެ ކަނޑޑުފަޅުގެ ދިރުންތަކުގެ މަޢުލޫމާތު ދިވެހިބަހާއި އިނގިރޭސިބަހުން ގެނެސްދިނުމާއި، އެކިއެކި ‘ފަން ފެކްޓްސްތައް’ ގެނެސްދިނުމާއި ދިވެހިބަހުގެ އައު ލަފުޒުތައް ދަސްކޮށްދިނުމަށްވެސް ބައިތަކެއް ކުރިއަށްގެންދެވޭނެއެވެ. މީގެ އިތުރުން އިސްލާމްދީނާއި ރިވެތި އަޚްލާޤްގެ މާތް ސިފަތަކާއި ސައިންސާއި ޓެކްނޮޮޖީ ފަދަ ޒަމާނީ ދާއިރާތަކުންވެސް މި ޕްރޮގްރާމުގައި މަޢުލޫމާތު އާއްމުކުރުމަށް ނިންމާފައިވެއެވެ.

މިއަދުގެ ޕްރޮގްރާމުގައި ގިނަ ޢަދަދެއްގެ ކުޑަކުދިން ބައިވެރިވެފައިވާއިރު، ޕްރޮގްރާމުގެ ބައެއް ބައިތައް ހުށައެޅުމުގައި ކުދިން ޢަމަލީގޮތުން ބައިވެރިވެފައިވެއެވެ.

👧👦📖 ކޮއްކޮމެން ބައޭ ބައޭ 👦👧“ގެ މަޤްޞަދަކީ ކްލަބްހައުސް މެދުވެރިކޮށް ރާއްޖޭގެ ކުޑަކުދިންނަށް އޮއްޓަރުހުރި ކުރު ވާހަކައާއި، ތަފާތު މަޢުލޫމާތު ގެނެސްދީ، ހަފުތާގެ ބަންދު ދުވަހު އެކުދިންނަށް މުނިއަވަސް މެދުވެރިކޮށް މުނިއަވަސްފިލުފައިދޭނެ ޕްރޮގްރާމެއް ގެނެސްދިނުމެވެ.

މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ކުޑަކުދިންނަށް އެ ފުރުޞަތު ހުޅުވާލެވިފައިވާ ކަމަށާއި ޕްރޮގްރާމުގައި ވާހަކަ، ޅެންވެރިކަމުގައި ހިމެނޭ ބައިތަކުން އައިޓަމްތައް ހުށައަޅަން ބޭނުންވާ ކުދިންނަށް އެ ފުރުޞަތުވެސް ހުޅުވައިލެވިފައިވާކަމަށް މުުނިއަވަސް ކްލަބްހައުސް އިން މަޢުލޫމާތުދެއެވެ.

ޕްރޮގްރާމަށް ވާހަކަ، އަދި ޅެންވެރިކަމުގެ ތެރޭގައި ހިމެނޭ ބައިތަކުގެ ކޮންޓެންޓްގެ ރެކޯޑިން މުނިއަވަސްގެ ވައިބަރ ނަންބަރު 7419078 އަށް ފޮނުވުމަށް މުުނިއަވަސް ކްލަބްހައުސް އިން އެދެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top