ޑައިރެކްޓަރު ޝަރަން ޝަރްމާގެ އާ ފިލްމުގެ ލީޑް ރޯލަށް ރާޖްކުމާރް ރާއޯ އާއި ޖާންވީ ކަޕޫރް ހަމަޖައްސައިފިއެވެ.
މިދިޔަ އަހަރު ނެޓްފްލިކްސް އިން ޕްރިމިއާކުރި “ގުންޖަން ސަކްސޭނާ: ދަ ކަރްގިލް ގާލް” ގެނެސްދިން ޑައިރެކްޓަރުގެ އާ ފިލްމަކީ “މިސްޓަރ އެންޑް މިސިސް މާހީ” އެވެ.
މިއަހަރު ކުރީކޮޅު ރިލީޒްކުރި “ރޫހީ” ގައި އެއްކޮށް މަސައްކަތްކުރި ރާޖްކުމާރާއި ޖާންވީގެ މި ފިލްމަކީ ކްރިކެޓަށް ބިނާކޮށް ހަދާ، ދެމަފިރިއެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.
ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަނުން ޕްރޮޑިއުސްކުރާ “މިސްޓަރ އެންޑް މިސިސް މާހީ” ގެ ޝޫޓިންގ އަންނަ އަހަރުގެ ފެބްރުއަރީ މަހު ފަށަން ތައްޔާރުވަމުން އަންނައިރު، ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައިވަނީ އަންނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ޚިޔާލު
