ދިވެހި ފިލްމީ އުދަރެހުގައި ފިޔަޖަހަމުން އަންނަ މަޝްހޫރު އެކްޓަރު ޢަލީ އާޒިމް (ދޮން އައްޔަ) ބައްޕައަކަށް ވެއްޖެވެ. ދޮން އައްޔަ އާއި އޭނާގެ އަންހެނުން ޙައްވާ ޖީނާ އަށް ފިރިހެން ކުއްޖެއް ލިބުނީ 05 ޑިސެމްބަރު 2021 ވަނަ ދުވަހުގެ ރޭގައެވެ.
އަލަތު ދަރިފުޅު ލިބުމުން ނުހަނު އުފަލުން ހުރި ދޮން އައްޔަ މުނިއަވަސް އަށް ބުނީ ދެމައިންގެ ހާލުވެސް ރަނގަޅު ކަމަށެވެ.
ދޮން އައްޔަ އާއި ޖީނާ ކައިވެނިކުރީ 06 އޮކްޓޫބަރު 2019ގައި ޢާއިލީ ކޯޓުގައެވެ.

ދޮން އައްޔަ އާއި ޖީނާގެ މި މަތިވެރި އުފަލުގައި މުނިއަވަސް އާއި ކިޔުންތެރިން ބައިވެރިވެ، މަރުހަބާ ކިޔަމެވެ.
ގިނަ އުފެއްދުންތަކަކުން އަބަދުވެސް ފެންނަ ދޮން އައްޔަ ފެނިގެން ދިޔަ ފިލްމު ތަކުގެ ތެރޭގައި ނޯޓީ ފޯޓީ، ދެވަންސޫރަ، މަލިކާ، ފޯޓީ ޕްލަސް، ހައްދު، ބޮސް އަދި ދަޢުވަތު މިއީ ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކެވެ. މީގެ އިތުރުން ވެބް ސީރީޒް ހުވާ، ކަރުހަކުރު، ހުވާކޮށްފާ ބުނަން މިއީވެސް އައްޔަ ކުޅެފައިވާ ރޯލަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިގެންދިޔަ އުފެއްދުންތަކެކެވެ.
ނުވަވަނަ ދިވެހި ފިލްމް އެވޯޑްސްގައި ޖޫރީ ސުޕެޝަލް އައުޓްސްޓޭންޑިން ޕާފޯރމެންސް އެވޯޑް ދޮން އައްޔައަށް ލިބިފައިވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




