ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މުނިއަވަސް އަށް ކާމިޔާބު 03 އަހަރު – އަހަރީ ޝޯވ މިރޭ ކްލަބްހައުސްގައި

ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާގެ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށް 17 ޑިސެމްބަރު 2018 ގައި ރެޖިސްޓްރީކޮށްގެން ހިންގަމުން އަންނަ މުނިއަވަސް އަށް މިއަދު މި ފުރުނީ ކާމިޔާބު 03 އަހަރެވެ.
ފާއިތުވެދިޔަ 03 އަހަރު ދުވަހުގެ ތެރޭގައި މުނިއަވަސް މިހާ ކާމިޔާބުކަމާއެކު ހިންގުނީ ފަންނުވެރިންނާއި ކިޔުންތެރިންގެ ފަރާތުން ކެނޑިނޭޅި ލިބެމުން އަންނަ އެއްބާރުލުމުގެ ސަބަބުންކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. ކްލަބްހައުސް އުފެދިގެން އައި ފަހުން، މުނިއަވަސް ކްލަބްހައުސްގެ އޮޅި މެދުވެރިކޮށް ގެނެސްދެމުން އަންނަ ކާމިޔާބު ޕްރޮގްރާމުތަކަށް އެހުންތެރިން ދެމުން އަންނަ ތަރުހީބާއި އެއްބާރުލުން، މި އަހަރުގެ އަހަރީދުވަސް ފާހަގަކުރާއިރު އިތުރުކޮށްލަން ޖެހެނީ ނުހަނު ޝުކުރުވެރިކަމާއެކުގައެވެ.
ފަންނުވެރިން މުނިއަވަސް އަށް ކުރަމުން އަންނަ އިތުބާރަކީ މުނިއަވަސް ހިންގުމަށް ލިބޭ އެންމެ އަގުހުރި ހަކަތައެވެ. ފަންނާނުންގެ މަސައްކަތްތައް އެންމެ ތާޒާކޮށް، އެންމެ އިތުބާރުހިފޭ ގޮތަށް ގެނެސްދިނުމަކީ ތާ އަބަދުމެ މުނިއަވަސްގެ އަމާޒެވެ. އެކަން ޙާޞިލްވަނީ ފަންނާނުންގެ މެދުގައި މުނިއަވަސް އަށް ލިބިފައިވާ މަޤްބޫލުކަމުގެ ސަބަބުންނެވެ.
މުނިއަވަސް އަށް ތިން އަހަރުވެގެން އަންނައިރު، ހަތަރު ވަނަ އަހަރަކަށް މުނިއަވަސް ކުރިމަތިލަނީ ނުހަނު ފޮނި އުއްމީދުތަކަކާ އެކުގައެވެ. އައު އުސްމިންތަކަކަށް އެރުމަށް ފަރުދާގެ ފުރަގަހުގައި ކުރެވެމުން އަންނަ ބިޔަ ޕްރޮޖެކްޓްގެ ފޮނި މޭވާގެ ރަހަ، 2022 ވަނަ އަހަރު ކުރީކޮޅުގައި ލިބޭނެ ކަމުގެ އުއްމީދާ އެކުގައެވެ.
މިއަދު މުނިއަވަސް ކްލަބްހައުސް މެދުވެރިކޮށް އެހުންތެރިންނާ ހިއްސާކުރަމުން މި ގެންދާ ޕްރޮގްރާމުތަކާއި އަދިވެސް އިތުރު އެތަކެއް ރަހަތަކެއް ހިމެނޭގޮތަށް، ތަފާތު މަންސައެއްގައި މުނިއަވަސް ފެނިގެންދާނެކަމުގެ އުފާވެރި ޚަބަރު، މުނިއަވަސްގެ ކިޔުންތެރިންނާއި އެހުންތެރިން އަދި ފަންނާނުންނަށް މިއަދު ދެމެވެ.

މުނިއަވަސްގެ ތިންވަނަ އަހަރީދުވަހުގެ ޚާއްޞަ ޝޯވ މިރޭގެ ޚަބަރަށްފަހު، މިރޭ މެންދަމު 12:00 އާއި ހަމައަށް ކުރިއަށްދާނެއެވެ.

މުނިއަވަސް އަހަރީ ޝޯވގެ ލިންކް

https://www.clubhouse.com/join/muniavas/gqEYDE8E/mybKJdo4

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު
Maaenboo4 އަހަރު ކުރިން

Muniavas akee dhivehi fannaanunge maibadhakamugaa balan jehey.

ފައިސަލް4 އަހަރު ކުރިން

ކުރިޔަށް މުނިއަވަސް!!

ބަބުރު ޗީ4 އަހަރު ކުރިން

ތިޔަ ކުރަނީ ވަރަށް ޭކާރު މަސައްކަތެއް. ރާއްޖޭގެ ފިލްމީ މީހުންނަކީ އަމިއްލަ އެދުމުން ފޯވެފަ ތިބޭ ބައެއް. އެމީހުންގެ އެއްބާރުލުމެއް ލިބޭނީ އެމީހުންގެ ޕްރޮމޯއަށް އެކަނި

ވެންކާލާ4 އަހަރު ކުރިން

މުނިއަވަސް އިން މަސައްކަތްކުރަނީ ވަކި ބައެއް ޕްރޮމޯޓްކުރަން - ތީތި ކަޑައޭ ބްރޯ އީސަ އެންޑް އަހްމަދު

މޫސަ4 އަހަރު ކުރިން

މުނިއަވަސް އަބަދުވެސް ވަރަށް ކަމުދޭ- އަދިވެސް ރަނގަޅުކޮށްލަން ޖެހޭ ކަންކަން އެބަހުރި ހޮލީވުޑް ނިއުސް ގެންނަން ފެނޭ ދެން އަލަށް ނުކުންތަ ތަރިންނާ މީހުން ޕްރޮމޯޓްކުރަން ފެނޭ

ޒަހާ4 އަހަރު ކުރިން

މުނިއަވަސް ކްލަބްހައުސް ވަރެއް ހަމަ ނެތް - ޔޫ ގައިޒް އާރ ރޮކިންސް

ސުހައިލް4 އަހަރު ކުރިން

މުނިއަވަސް އަދި މުނިއަވަސް ކްލަބްހައުސް ޕޮރޮގްރާމުތައްވެސް ވަރަށް ފައްކާ. ތިޔަ ކޮށްދެނީ މުނިފޫހިފިލުވުމުގެ ދާއިރާއަށް ބޭނުންތެރި، ބުރަ މަސައްކަތެއް- ތިޔަ ޓީމަށް ހަބޭހުން ސާބަސް

ޖުމް4 އަހަރު ކުރިން

މުނިއަވަސް އަހަރީދުވަހުގެ ތަހުނިޔާ

Mode4 އަހަރު ކުރިން

Happy Anniversary to MUNIAVAS

Home
Menu
Search
Back to top