ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މަޑިވަރު އެއާޕޯޓަށް ޓެސްޓު ފްލައިޓް ޖައްސައިފި

ޅ. މަޑިވަރު އެއާޕޯޓަށް ޓެސްޓު ފްލައިޓް ޖައްސައިފިއެވެ. މި ފްލައިޓް ޖެއްސީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

މަޑިވަރު އެއާޕޯޓަށް ޓެސްޓަށް ޖެއްސީ މޯލްޑިވިއަންގެ ފްލައިޓެކެވެ. އެ ފްލައިޓު އެ ރަށަށް ދިޔައީ އެއާޕޯޓުގެ ކަންކަން ބަލަހައްޓާ ޓެކްނިކަލް ޓީމެއް ވެސް ގޮވައިގެންނެވެ.

މި އެއާޕޯޓަށް މިއަދު ޓެސްޓު ފްލައިޓު ޖެއްސި އިރު، އެއާޕޯޓު މި އަހަރު ނިމުމުގެ ކުރިން ހުޅުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އަންގާފައެވެ. އެހެންނަމަވެސް އެއާޕޯޓު ހުޅުވައި ޝެޑިއުލް ދަތުރުތައް ފަށާނެ ދުވަހެއް އަދި ނޭނގޭ ކަމަށް އެމްއޭސީއެލް އިން ބުނެފައިވެއެވެ. މަޑިވަރު އެއާޕޯޓް މަޝްރޫ އަކީ 2018 ވަނަ އަހަރު ހަވާލުކުރި މަޝްރޫއެކެވެ. އެއާޕޯޓާއި އެކު ސިޓީ ހޮޓަލެއް ވެސް އެރަށުގައި އަޅަން ހަވާލުކޮށްފައިވެއެވެ.

މަޑިވަރު އެއާޕޯޓަށް ޓެސްޓު ފްލައިޓު ޖެއްސުމަށް ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އެގޮތުން ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފާއި ބައެއް މަޖިލިސް މެމްބަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި އެއާޕޯޓު ހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ކުރެއްދޫ ހޯލްޑިންގްސްގެ މެނޭޖިން ޑިރެކްޓަރު އަދި ޗަމްޕާ ބްރަދާސްގެ ޗެއާމަން މުހައްމަދު މޫސާ (އުއްޗު) ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މަޑިވަރު އެއާޕޯޓް އެއާޕޯޓުގައި 1.2 ކިލޯމީޓަރުގެ ރަންވޭއަކާއި، އެކޮމޮޑޭޝަން ބްލޮކެއް ވެސް ގާއިމްކޮށްފައިވެއެވެ. މި މަސައްކަތަކީ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ) އިންކޮށްފައިވާ މަސައްތަކެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top