އިރުމަތީ ޓެކްސަސް ސިޓީއެއް ކަމަށްވާ ޓެކްސަކާނާ އަށް މަހުގެ ވާރޭ ވެހިއްޖެއެވެ. 2021ވަނަ އަހަރު ނިމެން އެންމެ ދެތިން ދުވަހަށް ވެފައި ވަނިކޮށް ކުރިމަތިވި މި އާދަޔާޚިލާފު މޫސުމީ ހާދިސާގެ ވާހަކައަކީ އެއްވެސް ހާލަތެއްގައި ތޯތޯ ވާހަކައެއް ނޫނެވެ.
މިގޮތަށް މަހުގެ ވާރޭ ވެހުނުކަން ތަޖުރިބާކުރި ފަރާތްތަކުން އެފަދަ ފޮޓޯތައް އާއްމުކުރުމަށް ޓެކްސަކާނާ ސިޓީން ރަސްމީކޮށް އިޢުލާނުވެސް ކުރިއެވެ. އެގޮތުން ވަރަށް ގިނަ ބަޔަކު މީސްމީޑިއާގެ މަންސަތަކުގައި ފޮޓޯތައް އާއްމުކޮށްފައި ވެއެވެ.
އެމެރިކާގެ ކޮންގްރެސް ލައިބްރަރީން ނެރެފައިވާ ލިޔުމެއްގައި މިކަން ކޮންމެވެސް ވަރަކަށް ތަފުސީލުކޮށްދީފައި ވެއެވެ. ސައިންސްވެރިން ޤަބޫލުކުރާގޮތުން މިއީ ބާރުގަދަ ނަގޫރޯޅި އުފެދި، މޫދުގެ ލޮނުގަނޑު މައްޗަށް ދަމައިގަންނަ ހިނދު، ލޮނާއި އެކުގައި ދަމައިގަންނަ މަސްމަހާއި ބައެއް ޖަނަވާރުތައް އެހެން ހިސާބަކަށް އޮހިގެންދާ އޮހިގަތުމެއްގެ ސަބަބުން ކުރިމަތިވާ ކަމެކެވެ.
މިފަދަ ހާދިސާ މަދުން ނަމަވެސް ދުނިޔޭގެ ބައެއް އެހެން ހިސާބުތަކުންވެސް ތަޖުރިބާކޮށްފައި ވެއެވެ. އެގޮތުން 1873ވަނަ އަހަރު ކެންސަސް ސިޓީއަށް ބޮކުގެ ވާރޭ ވެހުނެވެ. 2009 ވަނަ އަހަރު ޖަޕާނަށް ޅަބޮކުގެ (ޓެޑްޕޯލްސްގެ) ވާރޭ ވެހުނެވެ. 2010 ވަނަ އަހަރު އޮސްޓްރޭލިއާގެ ސަރަހައްދަކަށް އެން މަހުގެ ބާވަތެއްކަމަށްވާ ’ޕާރޗް’ގެ ވާރޭ ވެހުނެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން





Lankaa ah ves vehey. Thigothav fishrain