ދީޕިކާ ޕަޑުކޯންގެ ”ގެހެރާއިޔާން“ އެމެޒޯން ޕްރައިމް ވީޑިއޯގައި ރިލީޒްކުރާ ގޮތަށް ނިންމައިފިއެވެ.
ދީޕިކާގެ ވަރަށް ”ބޯލްޑް“ ރޯލެއް ފެނިގެންދާ މި ރޮމޭންޓިކް ޑްރާމާގައި ދީޕިކާގެ އިތުރުން ލީޑުގައި ހަރަކާތްތެރިވަނީ ސިދާންތު ޗަތުރްވެޑީ އާއި އަނަންޔާ ޕާންޑޭއެވެ.
ވަރަށް ޒަމާނީ ލޯބީގެ ގުޅުންތަކެއްގެ ވާހަކަ ކިޔައިދޭ ”ގެހެރާއިޔާން“ އަކީ ދަރްމާ ޕްރޮޑަކްޝަންސް އާއި ވަޔަކޮމް18 ސްޓޫޑިއޯސް އަދި ޖޫސްކާ ފިލްމްސް ގުޅިގެން ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ.
މި ހިނގާ ޖެނުއަރީ މަހު 25 ގައި ރިލީޒްކުރަން ތާވަލުކޮށްފައިވާ ”ގެހެރާއިޔާން“ އަކީ އާންމުކޮށް ހިންދީ ސިނަމާއިން ވަރަށް ނުފެންނަ ޒާތުގެ ފިލްމުތަކެއް ކަމަށްވާ ”އޭކް މޭ އޯރް އޭކް ތޫ“ އާއި ”ކަޕޫރް އެންޑް ސަންސް“ ގެނެސްދިން ޝަކުން ބަޓްރާގެ ޑައިރެކްޝަނެކެވެ.
އެންމެ ފަހުން މިދިޔަ ޑިސެމްބަރުގައި ރިލީޒްކުރި ކްރިކެޓް ފިލްމު ”83“ އިން ފެނުނު ދީޕިކާގެ ކުރިއަށްހުރި ފިލްމުތަކުގެ ތެރޭގައި ޝާހް ރުކް ޚާންއާއެކު ކުޅޭ ”ޕަތާން“ އާއި ޕްރަބާސް އާއެކު ކުޅޭ ”ޕްރޮޖެކްޓް ކޭ“ ހިމެނެއެވެ. އޭގެ އިތުރުން ޖުލައި 15 އަށް ތާވަލުކޮށްފައިވާ ފިރިމީހާ ރަންވީރް ސިންގގެ ”ސާކަސް“ ގައިވެސް ދީޕިކާގެ ޚާއްސަ ފެނިލުމެއް ހިމެނޭނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2025ޚަބަރުއިން ކްލިކްސްގެ ”ލޫޓުވީ ކަލާ“ އާ އަހަރަށް
- 27 ޑިސެމްބަރ 2025ޚަބަރުތެހެރީމްގެ ”ހަމްނަވާ“ ފަށަނީ
- 26 ޑިސެމްބަރ 2025ޚަބަރުލިލީގެ ”ގިސްލާ ރޮއި“ ވަރަށް އަސަރުގަދަ
- 26 ޑިސެމްބަރ 2025ޚަބަރުޕާކިސްތާން ޑްރާމާ ”ސަޒާވާރް“ މިރޭ ފަށަނީ




