ކަލަރޒް ޓީވީން މުޅިން އައު ރިއަލިޓީ ޝޯވއެއް ދައްކަން ތައްޔާރުވެއްޖެއެވެ.
މިފަހަރު ކަަލަރޒް ޓީވީން އަލަށް ދަައްކަން ފަށާ ރިއަލިޓީ ޝޯވގެ ނަމަކީ “ހުނަރް ބާޒް ދޭޝްކީ ޝާން”އެވެ. މި ޝޯވ އަކީ ސޮނީ ޓީވީން ގެނެސް ދެމުން ގެންދިޔަ “އިންޑިޔާސް ގޮޓް ޓެލެންޓް” ކޮންސެޕްޓަށް ތައްޔާރުކޮަށް ގެނެސްދޭ ޝޯވ އެކެވެ.
މި ޝޯވގައި ބައިވެރިވުމަށް ހުޅުވާލާފައިވާ ފުރުސަތު މިހާރު ވަނީ ބަންދުކޮށްފައެވެ. ބައިވެރިވުމަށް ހުޅުވާލި މި ފުރުސަތުގައި އިންޑިޔާގެ އެތައް ސަރަހައްދަކުން، މީހުން ބައިވެރިވެފައިވެއެވެ. ލަވަކިޔުންތެރިން، ނެށުންތެރިން، އެކިވައްތަރުގެ ސްޓަންޓް ހަދާ މީހުން، މިޔުޒީޝަނުން، ޖާދޫ ގަރުންގެ އިތުރުން ވެސް ހިތަށް ގެންނަން އުނދަގޫ ހުނަރުތައް މި ޝޯވގައި ފެނިގެންދާނެއެވެ.
މިމަހުގެ 22 ވާ ހޮނިހިރު ދުވަހުގެ ރޭ މާލޭ ގަޑިން 8:30 ގައި މި ޝޯވގެ ޕްރިމިޔަރ ދައްކަން ހަމަޖެހިފައިވާ އިރު މި ޝޯވ ދެއްކުމަށް ކަނޑަ އަޅާފައިވަނީ ކޮންމެ ހޮނިހިރު އަދި އާދީއްތަ ދުވަހެއްގެ ރޭ މާލޭ ގަޑިން 8:30 ގައެވެ.

މި ޝޯވގެ ޖަޖުންގެ ތެރޭގައި އިސް ޖަޖަކަށް ހަރަކާތްތެރި ވަނީ އިންޑިޔާގެ މަޝްހޫރުކަން ހޯދާފައިވާ ކުރީގެ ފިލްމީ ތަރި މިތުން ޗަކްރަބަތީއެވެ. މީގެ އިތުރުން ޖަޖުންގެ ގޮތުގައި ހަރަކާތް ތެރި ވަނީ މިހާރުގެ ފިލްމް ތަކުން އާންމުންގެ ލޯބި ހޯދާފައިވާ ފިލްމީ ތަރި ޕަރިނީތީ ޗޯޕްރާ، އަދި އިންޑިޔާގެ މަޝްހޫރު ފިލްމް ޑައިރެކްޓަރ ކަރަން ޖޯހަރްއެވެ.
މި ޝޯވ ހޯސްޓް ކޮަށްދެނީ މަޝްހޫރު ކޮމީޑިއަން ބާރްތީ ސިންގް އަދި އޭނާގެ ފިރިމީހާ ހަރްޝް ލިމްބާޗިޔާއެވެ.
