ބޮލީވުޑް އަދި ހޮލީވުޑްގެ އެކްޓްރެސް ޕްރިޔަންކާ ޗޯޕްރާ އާއި އެމެރިކާގެ ލަވަކިޔުންތެރިޔާ ނިކް ޖޯނަސް އަށް ސަރޮގެސީ ހަދައިގެން ކުއްޖަކު ލިބިއްޖެ އެވެ. އެ ދެމަފިރިންގެ އަލަަތު ދަރިފުޅު ލިބުނީ މިމަހު 15 ވަނަ ދުވަހު އެވެ.
ޕްރިޔަންކާ މެންނަށް ދަރިއަކު ލިބުނު ކަން މީޑިއާއަށް އާއްމުކޮށްފައި ވަނީ ރޭގެ ވަގުތެއްގައެވެ.
“ސަރޮގޭޓް ކޮށްގެން ކުއްޖަކު ލިބުމުން އަހަރެމެން މި ތިބީ ވަރަށް އުފަލުން. އަހަރުމެންނަށް ލިބުނު މި އުފާވެރި ވަގުތުގައި އަހަރެމެން އެންމެންގެ ކިބައިން ވެސް އެދެން މި ވަގުތަށް އަހަރެމެންގެ ޕްރައިވެސީއަށް އިހްތިރާމުކޮށްދިނުމަށް،” އިންސްޓަގްރާމްގައި ޖެހި ޕޯސްޓެއްގައި ޕްރިޔަންކާ ބުނެފައި ވެއެވެ.
އުމުރުން 29 އަހަރުގެ ނިކް އާއި 39 އަހަރުގެ ޕްރިޔަންކާ ކައިވެނިކުރީ 01 ޑިސެމްބަރު 2018ގަ އެވެ.
ޕްރިޔަންކާ އާއި ނިކަށް ދަރިއަކު ލިބުމުން އެމީހުންގެ ސަޕޯޓަރުންގެ މެސެޖްތަކުން ރެއާއި މިއަދުވެސް މީސްމީޑިއާގައި އުފާފާޅުކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!