ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޑާކްރެއިން ސްޓޫޑިއޯ ފަޅާލައި ބައެއް ތަކެތި ވަގަށްނަގައިފި

ރާއްޖޭގެ އެންމެ ވަރުގަދަ އެއް ޕްރޮޑަކްޝަން ހައުސް، ޑާކް ރެއިން އެންޓަޓެއިންމެންޓްގެ ސްޓޫޑިއޯ ފަޅާލައި އެތަނުން ބައެއް ތަކެތި ވަގަށްނަގައިފިއެވެ. އެ ސްޓޫޑިއޯއަށް ބަޔަކުވަދެފައިވަނީ މިމަހުގެ 26 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ޑާކް ރެއިން އެންޓަޓެއިންމެންޓް ސްޓޫޑިއޯއިން ވަގަށްނަގާފައި ވަނީ ދެ ‘ރޮނިން އާރްއެސް ޓޫ’ އެއްގެ އިތުރުން ސިގްމާ 50-100 އެމްއެމްގެ ލެންސެކެވެ. ވަގަށްނަގާފައިވާ ތަކެތީގެ އަގު 40،000 ދިވެހި ރުފިޔާއަށް ވުރެން މަތީގައި އުޅޭނެ ކަމަށް ޑާކް ރެއިންގެ ވެރިޔާ އަދި ޕްރޮޑިއުސަރ މުޙައްމަދު ޢަލީ (މޮގާ)، މުނިއަވަސް އަށް ބުނެފައިވެއެވެ.

މޮގާ ބުނީ އެހެން އެއްވެސް އެއްޗެއް ވަގަށްނަގާފައި ވާކަން އެނގިފައިނުވާ ކަމަށާ، ސްޓޫޑިއޯ ތެރެއަށް ވަދެފައިވަނީ ސްޓޫޑިއޯގެ ބިތްދޮށް ފަރާތުގައި ހުންނަ ގޮޅިއަކުން ކަމަށެވެ.

މި މައްސަލަ، ކަމާ ބެހޭ ފަރާތްތަކަށް ހުށައަޅާފައިވާ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

ވަގަށް ނަގާފައިވާ ތަކެތިކަމަށް ބެލެވޭ އެއްޗެއް މީހަކު ވިއްކަން އުޅޭނަމަ އެކަން ޑާކް ރެއިންއަށް ނުވަތަ ޑައިރެކްޓަރ އަދި ކެމެރާމަން ޢަލީ ޝިފާޢު (ޗިއްޕެ) އަންގައިދިނުމަށް އެދި ޑާކް ރެއިން އެންޓަޓެއިންމެންޓުން ޓްވީޓެއްވެސް ކޮށްފައިވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top