ޓިކެޓް ޓު ފިނާލޭ އަށް ދަތުރު ކުރި 7 ބައިވެރިންގެ ތެރެއިން އެންމެ ފުރަތަމަ ކަޓާފައިވަނީ، ޓިކެޓް ޓު ފިނާލޭ އެންމެ ފުރަތަމަ ހާސިލް ކުރި ބައިވެރިޔާ ރާކީި ސާވަންތު އެވެ. ދެވަނައަށް ކަޓާފައިވަނީ ރަޝްމީ ދެސާއި އެވެ. ރަޝްމީ ކަޓާފައިވަނީ ހޮނިހިރުދުވަހުގެ އެޕިސޯޑްގެ ތެރެއިންނެވެ. މި ދެބައިވެރިން ކަޓާފައިވަނީ އާންމުންގެ އެންމެދަށް ވޯޓުންނެވެ.
ބިގްބޮސް 15 ގެ ފަައިނަލް ޝޯވ މިރޭ އޮންނައިރު ފަހު ފަސް ބައިވެރިންގެ ގޮތުގައި ތިބީ، ކަރަން ކުންދްރާ، ތޭޖަސްވީ ޕްރަކާޝް، ޝައްމިތާ ޝެޓީ، ޕްރަތީކް ސެހެޖްޕާލް އަދި ނިޝާންތު އެވެ. މިރޭގެ ޝޯވ ކުރިޔަށްދާ އިރު ކުރީގެ ބިގްބޮސް ސީޒަންތަކުން ޓައިޓްލް ހާސިލް ކޮށްފައިވާ ފަސް ބައިވެރިންގެ ހާއްސަ ފެނިލުމެއް ފެންނާނެއެވެ. އެގޮތުން ފެންނާނެ ބައިވެރިންނަކީ، ގޯތަމް ގުލާޓީ، ރުބީނާ ދިލަކް، ޝްވެތާ ތިވާރީ، އުރްވަޝީ ދޮލަކިޔާ އަދި ގޯހަރް ޚާންއެވެ.
މި ބައިވެރިން ފެންނާނީ ވަރަށް ހާއްސަ ޓާސްކް އަކާއެކުއެވެ. މީގެ އިތުރުން ބިގްބޮސް 13ގެ ބައިވެރިޔާ، ގިނަބައެއްގެ ލޯބި ހޯދާފައިވާ ޕަންޖާބީ ކެޓްރީނާ، ޝެހެނާޒް ގިލްގެ ހާއްސަ ފެނިލުމެއް ފެންނާނެއެވެ.
މި ޝޯވް މިރޭ ކަލަރސް ޓީވީން، ރާއްޖެ ގަޑިން 8:30ން ފެށިގެން ކުރިއަށް ދާނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސް ކްލަބްހައުސް ޕްރޮގްރާމް މެނޭޖަރ ޢާއިޝަތު ރިފުޒާ (ރިފޫ) އަކީ ދިވެހި ގައުމީ ޓީވީ ސްޓޭޝަނާއި އެހެނިހެން ދިވެހި ޗެނަލްތަކުގައި މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ހުނަރުވެރި ޕްޒެންޓަރެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2025ޚަބަރު”ލިލީ“ ގެ ”ހިތް ކަތިލިޔެ“ އެއްކޮށް ނެރެނީ
- 19 ނޮވެމްބަރ 2025ޚަބަރުކޮޅުނބު ކަޕް 2025 ނިންމާލައިފި
- 13 އޮކްޓޯބަރ 2025ޚަބަރުލަންކާގައި އެސްއެސްސީ ހެދި ދަރިވަރުންގެ ދަސްވެނިވުން ބާއްވައިފި
- 17 ސެޕްޓެމްބަރ 2025ޚަބަރު”ސާފް އަންޑަރ 17 ޗެމްޕިއަންޝިޕް“ މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެ




