ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކާޖޮލްގެ އާ ފިލްމަކީ “ސަލާމް ވެންކީ”

90ގެ އަހަރުތަކުގައި ބޮލީވުޑުން އެންމެ ބޮޑަށް ވިދާލި ބަތަލާއިންގެ ތެރޭގައި ހިމެނޭ ކާޖޮލްގެ އާ ފިލްމު “ސަލާމް ވެންކީ” ގެ ޝޫޓިންގ ފަށައިފިއެވެ.

ފިލްމާއި ބެހޭ މާގިނަ މަޢުލޫމާތެއް ހާމަކޮށްފައި ނުވާއިރު، ޝޫޓިންގ ފެށިކަން ކާޖޮލްގެ އިންސްޓަގްރާމްގައި ހިއްސާކުރަމުން އޭނާ ބުނެފައިވަނީ މިއީ ކިޔައިދޭންޖެހޭ ވާހަކައެއް ކަމަށާއި، ދިރިއުޅުން ދާންވާ މިސްރާބާއި ހާސިލުކުރެވޭ ކާމިޔާބީ ފާހަގަކުރަން ޖެހޭ ކަމަށެވެ.

ކާޖޮލް ފިޔަވައި ކާސްޓުގައި މުޅިންވެސް އާ ފަންނާނުން ހިމެނޭ “ސަލާމް ވެންކީ” ސޫރަޖް ސިންގ، ޝްރައްދާ އަގަރްވާލް އަދި ވަރްޝާ ކުކްރޭޒާ ގުޅިގެން ޕްރޮޑިއުސްކޮށް، އާންމުކޮށް ދެކުނު އިންޑިއާގެ ފިލްމުތައް ކުޅޭ ބަތަލާ ރޭވަތީ ޑައިރެކްޓްކުރާ ފިލްމެކެވެ.

ރޭވަތީ އަކީ ކުރިންވެސް ފިލްމުތައް ޑައިރެކްޓްކޮށް ގެނެސްދިން ބަތަލާއެކެވެ. އޭނާގެ އެންމެ ފާހަގަކޮށްލެވޭ ޑައިރެކްޝަނަކީ 2004 ގައި ސަލްމާން ޚާން އާއި ޝިލްޕާ ޝެޓީއާއެކު އެއިޑްސް ގެ ވާހަކަ ކިޔައިދިން “ޕިރް މިލޭންގޭ” އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top