“ފައިންޑިންގ އަނާމިކާ”ގެ ނަމުގައި އުފައްދަން ފަށައި މިހާރު ނަން ބަދަލުކޮށް “ދަ ފޭމް ގޭމް”ގެ ނަމުގައި ރިލީޒްކުރަން ތައްޔާރުވެފައިވާ މަދޫރީ ޑިކްސިޓް ލީޑުން ފެނިގެންދާނެ މި ސީރީޒްގެ ޓްރެއިލަރ މިމަހު 10 ވަނަ ދުވަހު ރިލީޒްކޮށްފި އެވެ. ޓްރެއިލަރުން ފެންނަނީ ޑްރާމާ އާއި މިސްޓްރީން ފުރިގެންވާ ވާހަކައެއް ކިޔައިދޭ މަންޒަރުތަކެކެވެ.
އާއްމުކޮށްފައިވާ ޓްރެއިލަރުން އަނާމިކާގެ ޒާތީ ދިރިއުޅުމުގެ ބައެއް މަންޒަރުތަކާއި އޭނާގެ މަޝްހޫރުކަމުގެ ފަހަތުގައި ފޮރުވިފައިވާ އަނިދިރި ފަރާތުގެ ބައެއް މަންޒަރުތައްވެސް ދައްކައިދެއެވެ. ކަރަން ޖޯހަރް ޕްރޮޑިއުސްކޮށްފައިވާ މި ސީރީޒްގެ ލީޑުން އެކްޓަރު ސަންޖޭ ކަޕޫރް އަދި މާނަލް ކޯލް ވެެސް ފެނިގެންދާނެއެވެ. މީގެ އިތުރުން، މުހިންމު ރޯލަކުން ލަކްޝްވީރް ސަރަން އަދި މުސްކާން ޖެފްރީ ވެސް ފެނިގެންދާނެއެވެ.
މަދޫރީ ޑިކްސިޓް ފިލްމަކުން ފެނިއްޖެ ނަމަ، އަހަރުމެންގެ ލޯ އެހެން ދިމާއަކަށް އަމާޒުކޮށްލުން އެއީ ހަމަ ގައިމުވެސް ނުވާނެ ކަމެކެވެ. ސީރީޒްގެ ޓްރެއިލާ ރިލީޒްކުރި ހިސާބުންވެސް، ބޮލީވުޑްގެ ‘ދަކް ދަކް ގާރލް’ މިވަނީ އޭނާގެ ހުނަރުވެރި އެކްޓިންގެ ޖާދޫގައި އަހަރުމެން ޖައްސާފައެވެ.
ނެޓްފްލިކްސް އިން މިމަހު 25 ގައި ރިލީޒްކުރަން ތާވަލުކޮށްފައިވާ “ދަ ފޭމް ގޭމް”ގައި މަދޫރީ ފެނިގެންދާނީ ބޮލީވުޑްގެ ސްޕަރސްޓަރ އަނާމިކާ އާނަންދުގެ ރޯލުންނެވެ. މި ސީރީޒްގައި ހަމަ ކުއްލިއަކަށް އަނާމިކާ އާނަންދަށް ވީނުވީއެއް ނޭނގި ގެއްލެއެވެ. އެއާއެކު އަނާމިކާ ހޯދުމަށް ވަރުގަދަ ތަހުގީގެއް ފެށެއެވެ. މި ތަހުގީގުގެ ތެރެއިން އަނާމިކާގެ ދިރިއުޅުމުގެ ފަތްފުށްތައް ނިއުޅި ހާމަވެގެންދެއެވެ.
“ދަ ފޭމް ގޭމް” އަކީ މަދޫރީގެ އަލަތު ވެބް ސީރީޒެވެ. މި ސީރީޒްގެ ރަސްމީ ކުރު ޚުލާޞާ ނުވަތަ އޮފިޝަލް ސިނޮޕްސިސްގައި ލިޔެފައި ވަނީ، ”ބޮލީވުޑްގެ މަޝްހޫރު ބަޠަލާ އަނާމިކާ އާނަންދަށް ހުރިހައި ކަމެއް ހާސިލްވެފައި ވިޔަސް، އޭނާގެ ދިރިއުޅުން އެންމެ ފުރިހަމަ ހެއްޔެވެ؟ ނުވަތަ އޭނާގެ ދިރިއުޅުމަކީ ދުނިޔެއަށް ދައްކާފައިވާ ކެހިވެރި ދަޅައެއް ހެއްޔެވެ؟ ދިހުން އަރާ އޮފުދާރުކަމާ މަޝްހޫރުކަމާއި ދެމެދުގައި އޮންނަ ޙަޤީޤަތާއި އަސްލާއި ދެމެދުގައި ފުސްކަމެއް ވެއެވެ. ”ދަ ފޭމް ގޭމް“ (ފައިންޑިންގ އަނާމިކާ)ގައި އަހަރުމެން ގެންގޮސްދޭނީ ސުޕަރސްޓަރ އަނާމިކާގެ ދުނިޔެއަށެވެ. އަނާމިކާގެ ރޯލު ކުޅެފައިވަނީ އަބަދަށް ފެހި، ހިތްގައިމު ބަޠަލާ މަދޫރީ ޑިކްސިޓް އެވެ. މި ސީރީޒް ޕްރޮޑިއުސްކޮށްފައިވަނީ ދަރްމެޓިކް އެންޓަޓެއިންމެންޓުންނެވެ.”
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 އޭޕްރިލް 2025ޚަބަރުމިއަދު އެލިމިނޭޝަން ބުރުގައި “ޓޫ އޮފް އަސް” ގެ ފުރަތަމަ ހުށައެޅުން
- 29 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުން އަބަދަށް ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް!
- 28 އޭޕްރިލް 2025ޚަބަރުމާދަމާރޭ “ސޮރީ” ގެ ޓިކެޓް ވިއްކަން ފަށަނީ
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި