ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ވިދްޔާ ބާލަން އަދި ޝެފާލީ ޝާހްގެ “ޖަލްސާ” އެމެޒޯންއަށް

ފިލްމު “ތުމްހާރީ ސުލޫ (2017)” ޑައިރެކްޓްކުރި ސުރޭޝް ތުރިވޭނީގެ ޑްރާމާ-ތުރިލާ ރިލީޒްކުރާނެ ތާރީޚު، ޕްރައިމް ވީޑިއޯއިން މި ނިމޭ ފެބްރުއަރީ މަހު 28 ވަނަ ދުވަހު އިޢުލާނުކޮށްފިއެވެ. މި ފިލްމު ރިލީޒްކުރަން ނިންމާފައިވަނީ މާރިޗް 18 ގައެވެ.

ޕްރަޖްވާލް ޗަންދްރަޝޭކަރް އަދި ސުރޭޝް ތުރިވޭނީ ލިޔެ، ޙުސައިން އަދި އައްބާސް ދަލާލްގެ ޑައިލޮގު ހިމެނޭ މި ފިލްމަކީ ބުޝަން ކުމާރް އަދި ކްރިޝްނާ ކުމާރްގެ ޓީ-ސީރީޒް އަދި ވިކްރަމް މަލްހޯތުރާ އާއި ޝިކާ ޝަރްމާގެ އެބަންޑޭންޝިއާ އެންޓަޓެއިންމެންޓުން އުފައްދާ ފިލްމެކެވެ.

މި ފިލްމުގެ އިސް-ބަޠަލާގެ ބައި ކުޅެނޭ ވިދްޔާ ބާލަންއެވެ. މީގެ އިތުރުން ޝެފާލީ ޝާހް ވެސް މީގައި ކުޅެނީ އިސް-ބަޠަލާއެއްގެ ރޯލެވެ. މިއީ މި ދެ ފަންނާނުން އެކުގައި އަލަށް ފިލްމެއްގައި ހަރަކާތްތެރިވާ ފަހަރެވެ.

“ޖަލްސާ” އަކީ ދިރިއުޅުމުގެ ފެންވަރުގެ ތަފާތު ދައްކުވައިދޭ ޑްރާމާ-ތުރިލާ އެކެވެ. މި ފިލްމުގެ ވާހަކައިގެ ކުންނު ބިނާވެފައިވަނީ ޝެފާލީގެ ދަރިފުޅަށް ކުރިމަތިލާން ޖެހޭ އެކްސިޑެންޓެއްގައި އެ ކުއްޖާ މަރުވުމަށްފަހު ދެން ކުރިމަތިވާ ކަންތައްތަކެއްގެ މައްޗަށެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top