ޙަޤީޤީ ދިރިއުޅުމުގައި ކުރިމަތިވެފައި ހުރި ހާދިސާތަކަށް ”ނޯ ވަން ކިލްޑް ޖެސިކާ“ (2011) އަދި ”ރެއިޑް“ (2018) އުފެއްދި ރާޖް ކުމާރް ގުޕްތާ އަނެއްކާވެސް ޕްލޭންކުރަމުން ގެންދަނީ އެފަދަ ފިލްމެއް އުފެއްދުމަށެވެ. މިފަހަރު އޭނާ އުފައްދަން ޕްލޭންކުރަމުން އަންނަ ފިލްމަކީ ފިލްމު އެކްޓަރެއްކަމަށްވާ ރަވިންދްރަ ކޯޝިކް، ޖާސޫސީ އޭޖެންޓަކަށް ބަދަލުވެގެންދާ ހަޔާތުނާމާގެ މައްޗަށެވެ. ރަވިންދްރަ ކޯޝިކް މަޝްހޫރުވެފައިވަނީ ’ދަ ބްލެކް ޓައިގަރ’ގެ ނަމުންނެވެ. ކޯޝިކްގެ ހަޔާތަށް ބިނާކޮށް ފިލްމެއް ހެދުމުގެ ހުއްދަވެސް ކޯޝިކްގެ އާއިލާއިން ރާޖް ކުމާރް ގުޕްތާ ހޯދާފައިވެއެވެ.
”ބްލެކް ޓައިގަރ“ގެ ނަމުގައި ރާޖް ކުމާރް ގުޕްތާ އުފައްދަން ޕްލޭންކުރި ފިލްމުގައި ކޯޝިކްގެ ރޯލު ކުޅެން ހަމަޖެހިފައި އޮތީ ސަލްމާން ޚާނެވެ. ނަމަވެސް ފަހުގެ ރިޕޯޓްތައް ބުނާގޮތުން މި ފިލްމުގެ މަސައްކަތްތައް ވަނީ ހުއްޓާލާފައެވެ.
މި ފިލްމަށް ސަލްމާންގެ ކޮއްކޮ އަލްވީރާ އަގްނީހޯތުރީ އަދި ޅިޔަނު އަތުލް އަގްނީހޯތުރީ ފައިސާ ޚަރަދުކުރުމަށްވެސް ނިންމި އެވެ. ސާޖިދު ޚާންގެ ފިލްމު ”ކަބީ ޢީދު، ކަބީ ދިވާލީ“ގެ ޝޫޓިންއަށް ފަހު ދެން ސަލްމާން ކުޅެން އޮތީވެސް ”ބްލެކް ޓައިގަރ“ އެވެ.
ނަމަވެސް، ގުޕްތާއަށް މި ފިލްމު އުފެއްދުމުގެ މަސައްކަތަށް ހޭދަކުރަން ލިބިފައި އޮތް ހަމައެކަނި ފަސް އަހަރު ހަމަވެފައި ވުމާއެކު ފިލްމުގެ މަސައްކަތްތައް ވަނީ ހުއްޓާލާފައެވެ.
ރަވިންދްރަ ކޯޝިކް އަކީ އޭނާގެ ކޮލެޖް ދުވަސްވަރަށްފަހު ފިލްމު ކުޅެފައިވާ މީހެކެވެ. އޭގެ ފަހުން އޭނާ ވަނީ އިންޑިއާގެ ރިސާޗް އެންޑް އެނަލިސިސް ވިންގް (ރޯ)ގެ ޖާސޫސީ އޭޖެންޓެއްގެ ގޮތުގައި ޕާކިސްތާނުގައި ޖާސޫސުކޮށްފައެވެ. އިންޑިއާގެ އިދާރާތަކަށް އެކަށީގެންވާ މުހިންމު ޖާސޫސީ މަޢުލޫމާތު ފޯރުކޮށްދެވުނު ފަހުން ޕާކިސްތާނުގެ ހަނގުރާމަމަތީ ސިފައިންގެ އަތްދަށުގައި ކޯޝިކް ވިއެވެ. އަދި އެތަނުގައި އޭނާ މަރައިލިއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 29 ޑިސެމްބަރ 2025ޚަބަރުސްރީ ލަންކާސް ގޮޓް ޓެލެންޓުގައި ރާއްޖޭގެ ރުބީން ފަނޑިޔާރުންގެ ޝައުޤުވެރިކަން ހޯދައިފި
- 29 ޑިސެމްބަރ 2025ޚަބަރުފަސްވަނަ ކަރްްނާޓަކާ ފިލްްމު ފެސްްޓިވަލް އިން ދިވެހި ދެ ފިލްމަކަށް ފަޚުރުވެރި އެވޯޑްތަކެއް
- 28 ޑިސެމްބަރ 2025ޚަބަރުރަށްރަށަށް ”އަލްވަދާޢު“ – ބެލުންތެރިން ބުނަނީ ވަރަށް ސަޅިއޭ!
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި




