ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ނޮވެމްބަރ” ފިލްމުގެ “ގެއްލިފާ” ނެރެފި

ޑާކް ރެއިން އެންޓަޓެއިންމެންޓުން އުފައްދައި ހުރިހައި މަސައްކަތެއް ނިންމާލާފައިވާ އަސަރުގަދަ ލޯބީގެ ފިލްމު ”ނޮވެމްބަރ“ގެ ހިތްގައިމު ލަވަތަކުގެ ތެރެއިން “ގެއްލިފާ” ނެރެފި އެވެ. މިއަދު އެ ޕްރޮޑަކްޝަންގެ ޔޫޓިއުބް އަދި ސައުންޑްކްލައުޑް މެދުވެރިކޮށް ނެރުނު މި ލަވަ ކިޔާފައިވަނީ ޢާއިޝަތު ޢަޒަލް ޢަލީ ޒާހިރު އެވެ.

“ގެއްލިފާ”ގެ މިއުޒިކް ހެދީ ޙުސައިން ތަޢުފީޤް އެވެ. ޅެމާއި ރާގު ހެދީ ތަސް އެވެ.

ވަރަށް ތަފާތު ވާހަކައެއް ކިޔައިދޭ ލޯބީގެ އަސަރު އޭގެ އެއްމެ ފުންމިނަށް ކުރުވާނެ ފިލްމު ”ނޮވެމްބަރ“ގެ ހުރިހައި މަސައްކަތެއް ކޮށް ނިމި، ސިނަމާގައި ފިލްމު އެޅުވޭނެ ވަގުތަކަށް ބެލުންތެރިން އިންތިޒާރުކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. ހަމަ އެހެންމެ ޑާކް ރެއިން އެންޓަޓެއިންމެންޓުންވެސް އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުން އަންނަކަން ފާހަގަކޮށްލެ އެވެ.

ފިލްމު ”ނޮވެމްބަރ“ ގެ ސްކްރީންޕްލޭ ލިޔުނީ ޢާއިޝަތު ފުއާދު އާއި ޢަހްމަދު ޠަލާލް އެވެ. ޑައިރެކްޓްކޮށް ކެމެރާކުރީ ޝިފާއު (ޗިއްޕެ) އެވެ. ކޯ-ޑައިރެކްޓަރެއްގެ ގޮތުގައި ހަރަކާތެރިވެފައިވަނީ އާއިޝަތު ފުއާދެވެ. ޗިއްޕެއާއެކު ކެމެރާކުރުމުގައި އަޙްމަދު ޝިނާން ވެސް ހަރަކާތެރިވިއެވެ.

މި ފިލްމުގެ މުހިންމު މަންޒަރުތައް، ލ. އަތޮޅުގެ ގުޅާލާފައިވާ ތިންރަށުގައާއި އައްޑޫ ސިޓީ، ކ. ތުލުސްދޫ، ވެލާނާ އެއަރޕޯޓް، ސިންގަޕޫރު އަދި މަންޓާ އެއަރގައި ނަގާފައިވާކަން ފާހަގަކޮށްލެވެއެވެ.

ފިލްމު ”ނޮވެމްބަރ”ގެ ރަސްމީ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top