ހަތަރު އަހަރަށްފަހު އަނުޝްކާ ކުޅޭ ފުރަތަމަ ފިލްމުގެ ޝޫޓިންގ ފަށައިފިއެވެ.
”ޗަކްޅާ އެކްސްޕްރެސް“ ގެ ނަން ދީފައިވާ މި ފިލްމުގައި އަނުޝްކާ ކުޅެނީ އިންޑިއާގެ ކްރިކެޓް ކުޅުންތެރިޔާ ޖޫލަން ގޯސްވާމީގެ ރޯލެވެ. އެ ރޯލަށް ތައްޔާރުވުމަށް އަނުޝްކާ ޓްރެއިނިންތައް ފަށައިގެން އުޅޭތާ ދުވަސްތަކެއް ވެއްޖެކަން އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ހިއްސާކޮށްފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން އެނގެއެވެ.
ޚަބަރުތައް ބުނާގޮތުގައި ފިލްމުގެ މަންޒަރުތައް ނަގާނީ އިންޑިއާ އާއި އިންގްލެންޑްގައެވެ. އެގޮތުން އަނުޝްކާ ޔޫކޭ އަށް 30 ދުވަހުގެ ޝޫޓިންގއަށް ވަރަށް އަވަހަށް ފުރާނެ ކަމަށާއި ފިލްމުގެ ބޮޑުބައި ނަގާނީ ޔޫކޭގައި ކަމަށްވެސް ޚަބަރުތައް ބުނެއެވެ.
”ޗަކްޅާ އެކްސްޕްރެސް“ ގައި ކިޔައިދޭނީ ޖޫލަން އިންޑިއާގެ ޤައުމީ ކްރިކެޓް ޓީމަށް ކުޅުމަށް ކުރަމުންދިޔަ އުންމީދުގައި ކުރި މަސައްކަތާއި އެކަން ކާމިޔާބުކޮށް ޤައުމީ ޓީމުގެ ކެޕްޓަންކަމުގައި ކުރި ދަތުރެވެ. އަދި އޭގެ އިތުރުން ފާހަގަކޮށްލެވޭ ކަމަކީ ޖޫލަންއަކީ ޤައުމީ ކްރިކެޓް ކެރިއަރުގައި އެންމެ ގިނަ ވިކެޓް ނެގި އަންހެން ކުޅުންތެރިޔާގެ ދުނިޔޭގެ ރެކޯޑް ޤާއިމުކޮށްފައިވާ ކުޅުންތެރިޔާކަމެވެ.
އެންމެ ފަހުން 2018 ވަނަ އަހަރު ”ޒީރޯ“ އިން އަނުޝްކާ ފެނުމަށްފަހު ސްކްރީންތަކުން އަނުޝްކާ ގެއްލުނު ނަމަވެސް މިދިޔަ ދުވަސްތަކުގައި އޭނާ ވަނީ ކެމެރާގެ ފުރަގަހުގައި މަސައްކަތްކޮށްފައެވެ. އެގޮތުން ”ޕާޓަލް ލޮކް“ އާއި ”މާއީ: އަ މަދަރސް ރޭޖް“ ގެ ނަމުގައި ކާމިޔާބު ދެ ވެބް ސީރީޒާއި ”ބުލްބުލް“ ގެ ނަމުގައި ބިރުވެރި ފިލްމެއް ގެނެސްދީފައިވެއެވެ.
އަނުޝްކާ ސްކްރީންތަކަށް އެނބުރި އަންނަ ފިލްމު ”ޗަކްޅާ އެކްސްޕްރެސް“ ލިޔެފައިވަނީ އަބީޝެކް ބަނަރްޖީއެވެ. ކަރްނޭޝް ޝަރްމާ ޕްރޮޑިއުސްކުރާ މި ފިލްމު ޑައިރެކްޓްކުރަނީ ޕްރޮސިތު ރޯއީއެވެ. ނެޓްފްލިކްސް ގައި ޕްރިމިއާކުރަން ނިންމާފައިވާ މި ފިލްމު ޕްރިމިއާކުރާނެ ވަކި ތާރީޚެއް އަދި ހާމައެއް ނުކުރެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2025ޚަބަރުއިން ކްލިކްސްގެ ”ލޫޓުވީ ކަލާ“ އާ އަހަރަށް
- 27 ޑިސެމްބަރ 2025ޚަބަރުތެހެރީމްގެ ”ހަމްނަވާ“ ފަށަނީ
- 26 ޑިސެމްބަރ 2025ޚަބަރުލިލީގެ ”ގިސްލާ ރޮއި“ ވަރަށް އަސަރުގަދަ
- 26 ޑިސެމްބަރ 2025ޚަބަރުޕާކިސްތާން ޑްރާމާ ”ސަޒާވާރް“ މިރޭ ފަށަނީ




