އައިފިލްމްސް އިން އުފައްދައި ދިރާގު ޓީވީ އަދި ދިރާގު އޮން ޑިމާންޑް ޕްލޭ މެދުވެރިކޮށް ގެނެސްދޭން ފަށާފައިވާ ”ބިރުވެރި ވާހަކަ“ ސީރީޒްގެ ދެވަނަ އެޕިސޯޑް މިމަހު 10ގައި ރިލީޒްކޮށްފި އެވެ.
”ލަކުނު“ގެ ނަމުގައި ގެނެސްދީފައިވާ މި އެޕިސޯޑްގައި ބިރުވެރި ކަންތައްގަނޑެއްގެ ފެށުން ގެނެސްދީފައި ވަނީ ފުރަތަމަ އެޕިސޯޑްގައި ހިނގައިދިޔަ ހާދިސާއާ ގުޅުވާލައިގެން ނެވެ. މީގެ އިތުރުން ގެވެށި އަނިޔާގެ މައްޗަށްވެސް މި އެޕިސޯޑްގައި ބަލައިލާފައިވެ އެވެ.
މަރްޔަމް ވަހީދާ (ޔަމް)، މުޙައްމަދު އަފްރާހް، މަރްޔަމް ޝަކީލާ، ފާޠިމަތު ލަޠީފާގެ އިތުރުން ޔަމްގެ ދެބެން ކަމަށްވާ އާމިނަތު އަލްޔާ ނަޒީރު އަދި ޢާއިޝަތު ޔަލްމާ ނަޒީރު މި އެޕިސޯޑްގައި ތަޢާރަފުކޮށްފައިވެ އެވެ. ތުއްތު މި ދެބެއިންގެ ފަރާތުން ފެނިފައިވަނީ ފާހަގަކޮށްލެވޭފަދަ ހުނަރުވެރި އެކްޓިންއެކެވެ.
މިއީ މިހައިތަނަށް ޔަމްގެ އެކްޓިން ދައްކާފައި ނުވާހާ މޮޅު އަދި ތަފާތު އެކްޓިންއެއް ފެނިގެންދާ އުފެއްދުމެކެވެ. ހަމަ އެހެންމެ މުޙައްމަދު އަފްރާހްގެ ވެސް ތަފާތު ރޯލެއް މި ފިލްމުން ފެނިގެންދެ އެވެ.
”ލަކުނު“ ލިޔެފައިވަނީ ހޫދު އިބްރާހީމް އެވެ.
އިލްޔާސް ވަހީދު (އިއްލެ) ޑައިރެކްޓްކޮށް ގެނެސްދޭ މި ސީރީޒްގެ އައު އެޕިސޯޑްތައް ހުކުރު ދުވަހު ރިލީޒްކުރާނެ އެވެ.
”ބަވަތި“ން ދިވެހި ފިލްމީ ދާއިރާއަށް އައު ދިރުމެއް ގެނެސްދިން އިއްލެގެ ފިލްމުތަކާއި ޑްރާމާ ސިލްސިލާތަކަކީ މިފަހުން ދިވެހިންގެ މެދުގައި މަގުބޫލުކަން ލިބެމުން އަންނަ މޮޅު އުފެއްދުންތަކެއްކަން ފާހަގަކޮށްލެވެ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




