ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
‘ވަކިން ލޯބިން’: މާރިޗް ނުވައެއްގައި ދެ ޝޯ ދައްކަން ހަމަޖައްސައިފި

ޑާކްރެއިން އެންޓަޓެއިންމެންޓުން އަންނަ މާރިޗް މަހު 05 ގައި ރިލީޒްކުރާ ‘ވަކިން ލޯބިން’ ގެ ދެ ޝޯ ދައްކަން ހަމަޖައްސާފައިވާކަމަށް އެ ސްޓޫޑިއޯ އިން ބުނެފި އެވެ.

ޕްރޮޑިއުސަރ މުޙައްމަދު ޢަލީ (މޮގަރ) ބުނީ މާރިޗް މަހުގެ 09 ވަނަ ދުވަހު ހަވީރު 16:00 ގައި ޝޯ އެއް ދެއްކުމަށްފަހު ހަމަ އެރޭ 21:00 ގައިވެސް ފިލްމު ދެއްކުމަށް ހަމަޖެހިފައިވާކަމަށް ބުންޏެވެ.

މާރިޗް 09 ވާ ހުކުރުދުވަހު ހަވީރު ބާއްވާ ޝޯ އަށް ޓިކެޓް ބުކް ކުރުން މިހާރު ވަނީ ހުޅުވާލެވިފައެވެ.

އެ ސްޓޫޑިއޯއިން ބުނީ ހުކުރު ދުވަހު ހަވީރު ޝޯ އެއް ބޭއްވުމަށް ނިންމީ ޗުއްޓީ ދުވަހަކަށްވެފައި ވަޒީފާތަކުގައި އުޅުއްވާ ބޭފުޅުންނަށް ފަސޭހަކަމާއެކު ފިލްމު ބަލައިލުމުގެ ފުރުސަތު ފަހިކޮށްދިނުމަށެވެ.

ބޮޑު ފީޗާ ފިލްމެއް ގެ ޝޯ އެއް މީގެ ކުރިން ދުވާލު ބާއްވާފައި ނުވާކަމަށް މަޢުލޫމާތު ލިބެއެވެ.

މި ފިލްމަކީ ވަރިފަށަށް އަރާ ޒުވާން ދެމަފިރިއެއްގެ ވާހަކަ ކިޔައިދޭ ފެމިލީ ޑްރާމާއެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top