ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އައްޒަގެ “އަޒޯނާ” ގެ ހަތަރުވަނަ ސީޒަން ގެނެސްދޭން ތައްޔާރުވެއްޖެ

ރާއްޖޭގެ މަޝްހޫރު ބަތަލާ މަރްޔަމް އައްޒަ ހުށައަޅައިދެމުން އަންނަ ކާމިޔާބު ޝޯވ “އަޒޯނާ” ހަތަރުވަނަ ސީޒަން ގެނެސްދޭން ތައްޔާރުވެއްޖެ އެވެ. “އަޒޯނާ” ސީޒަން ހަތަރެއް ގެނެސްދެނީ އައްޒަގެ ފިރިމީހާ އަދި ފިލްމީތަރި އަބްދުﷲ މުއާޒް (މުއާ)ގެ ސްޓޫޑިއޯ، “އަބްދުﷲ މުއާޒް ޕްރޮޑަކްޝަން” އާއި ދިރާގު ޓީވީ ގުޅިގެންނެވެ.

“އަޒޯނާ” ސީޒަން ހަތަރެއް ޕްރީމިއާކުރަން ހަމަޖެހިފައި ވަނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ ދިރާގު ޓީވީންނެވެ.

“އަޒޯނާ” އަކީ އެންމެ ފުރަތަމަ އައިސް ޓީވީން ގެނެސްދީގެން އާންމުންގެ މަގުބޫލުކަން ހޯދި ޝޯވ އެކެވެ.

އާ ސީޒަންގެ ޕްރޮމޯއެއް ވެސް މިހާރު އާންމުކޮށްފައިވާ އިރު، މި ފަހަރުގެ ސީޒަނުން ވެސް މަޝްހޫރު މިސްމީހުންނާ އެކީ ޝައުގުވެރި އެތައް ވާހަކައެއް އައްޒަ ބެލުންތެރިންނަށް ތިލަކޮށްދޭނެ އެވެ.

އަޒޯނާ ޝޯގެ ޕްރޮޑިއުސަރ އަބްދުالله މުއާޒް (މުއާ) ބުނީ މިފަހަރުގެ ސީޒަން ކުރީގެ ސީޒަންތަކާއި ތަފާތުވާނެ ކަމަށާ ކުރިއަށް ވުރެ ރަނގަޅު ކޮންޓެންޓް ބެލުންތެރިންނަށް ގެނެސްދިނުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައިވާނެ ކަމަށެވެ.

https://www.facebook.com/dhiraagutv/videos/2179890325516153

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

ފަހުގެ ޚަބަރު
Home
Menu
Search
Back to top