ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އާރިޔަންގެ ހިތްގައިމު ‘ލުކް’ ފެނިފައި ޝާހްރުކް ޚާނަށް ކޮމެންޓެއްކޮށްނުލައި ނުހުރެވުނު!

ޖަރުމަނުވިލާތުގެ ބްރޭންޑެއް އިޝްތިހާރުކުރުމަށް ދާދިފަހުން އާރިޔަން ޚާން ކުޅުނު އިޝްތިހާރެއްގައި އޭނާ ފެންނަ ‘ކޫލް ލުކް’ ފެނި، ބައްޕަ ޝާހްރުކް ޚާނަށް ކޮމެންޓެއް ކޮށްނުލައެއް ނުހުރެވުނެވެ.

އާރިއަން ޕްރޮމޯޝަނަލް ޕޯސްޓް ޝެއާ ކުރިހާ އަވަހަކަށް ކިންގް ޚާން ވަގުތުން ކޮމެންޓް ކޮށްފައި ވަނީ “ލުކިންގް ރިއަލީ ގުޑް!! އަދި މީހުން ބުނާ ފަދައިން، ބައްޕަގެ ކިބައިގައި ފޮރުވިފައިވާ ކަންކަން، ފިރިހެން ދަރިންގެ ކިބައިން ދައްކާ.”

ޝާހްރުކް ވަނީ އޭނާގެ ދަރިފުޅު އެ ފޮޓޯ ނެގިއިރު ލައިގެން ހުރި ޓީޝާޓާ މެދު ވެސް ސަމާސާކުރަމުން ކޮމެންޓެއް ކޮށްފަ އެވެ. “ތިއެއް ނޫނޭ. ލައިގެން ތިހުރީ އަހަރެންގެ އަޅިކުލައިގެ ޓީޝާޓް ދޯ!!!” ޝާހްރުކްގެ ކޮމެންޓްގައި ވެއެވެ.

އިންޑިއާޓުޑޭ އިން ބުނި ގޮތުގައި 2022 ވަނަ އަހަރުގެ މެއި މަހުގެ 28ގައި އާރިޔަން އަށް ތުހުމަތު ކުރެވުނު މަސްތުވާތަކެތީގެ މައްސަލައިން އޭނާ ވަނީ ސަލާމަތްވެފަ އެވެ.

އާރިޔަން މީސް މީޑިއާއާއި ދުރުގައި ހުރުމަށްފަހު ޕޯސްޓެއްކުރީ އޭގެ ތިން މަސް ފަހުން އެއްބަނޑު އެއްބަފާ ކުދިންނާ އެކު ފެންނަ ފޮޓޯއަކާ އެކުގައެވެ. ސުހާނާ އާއި އަބްރަމް އާއެކު ނަގާފައިވާ ފޮޓޯ ހިއްސާކުރަމުން ލިޔެފައި ވަނީ: “ހެޓްރިކް” މިހެންނެވެ.

 

View this post on Instagram

 

A post shared by Aryan Khan (@___aryan___)

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top