“ބިދަބިން” އަކީ އަބަދުވެސް ތަފާތު ދައްކަމުން އަންނަ ޒުވާން ގުރޫޕެކެވެ. ބޮޑުބެރުގައި އެކަންޏެއް ނޫނެވެ. އިޖުތިމާޢީ ހަރަކާތުގައިވެސް އެމީހުން އަންނަނީ ފާހަގަކޮށްލަން ޖެހޭފަދަ މުހިންމު ހަރަކާތްތަކެއް ހިންގަމުންނެވެ. “ބިދަބިން ބޮޑުބެރު” ގްރޫޕުން ޖަމާޢަތަށް ޚިދުމަތްކުރާ ކެމްޕޭނުގެ ދަށުން މާލެތެރެ ސާފުކުރުމުގެ ހަރަކާތެއް މި މަހު 19ވީ ހޯމަ ދުވަހު އަނެއްކާވެސް މިވަނީ ހިންގާފަ އެވެ.
މިި ދައްކަނީ އާދައިގެ ކަމެއްގެ ވާހަކައެއް ނޫނެވެ. މި ދުވަސްވަރު ދެމުންދާ ރަތްދަކަ އަވީގައި މާލޭގެ އުސްފަސްގަނޑު ސަރަހައްދުގެ ބޭރު ތޮށިގަނޑުގެ ގާތަކު ތެރެއަށް އަޅާފައި ހުރި ކުނިބުނި ނަގައި ސާފުކުރުން އެއީ ކުޑަ މަސައްކަަތެއް ނޫނެވެ. ލުވި ކަމެއް ނޫނެވެ.
ބިދަބިން އިން އިއްޔެ ހިންގި މި ހަރަކާތުގައި އެންމެ ބޮޑެތި ޑަސްބިން ކޮތަޅުގެ 26 ކޮތަޅު ކުނި ޖަމާކޮށް ލޮރީއެއްގައި ގެންގޮސް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަނާ ހަވާލުކުރެވުނު ކަމަށް ބިދަބިންގެ މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު އާސިމް (އާއްކޮ) މުނިއަވަސް އަށް ބުންޏެވެ.
ބިދަބިން އިން މާލެތެރެ ސާފުކުރުމުގެ ހަރަކާތްތައް މިދިޔަ އަހަރުވެސް އެތައް ފަހަރަކު ހިންގާފައިވެ އެވެ.

“ބިދަބިން އިޖުްތިމާޢީ ހަރަކާތ” – މާލޭ އުސްފަސްގަނޑު ސަރަހައްދުން – ފޮޓޯ: ނައުޝަމް ފޮޓޯގްރަފީ
“ބިދަބިންގެ އިންތިމާސް އަކީ އެންމެން އެކައްޗެއް ކިޔައި އަތުކުރި އޮޅާލައިގެން މި ރާއްޖެއަކީ ސާފުތަކެއްގެ ގޮތުގައި ބާއްވައި، ބަލިމަޑުކަމުން އަރައިގަތުމަށް ތަންތަން ސާފުކޮށް ބޭއްވުން.” ބިދަބިން އިން އަބަދުވެސް ކުރަމުން އަންނަ އިލްތިމާސްއަކީ މިއީއެވެ.
ބިދަބިން އިން ސާފުކުރުމަށް މި ހިންގާ ހަރަކާތުގެ މަޤުޞަދަކީީ ބިދަބިންގެ ކުދިންގެ މެދުގައި ޤައުމާއި، ތިމާވެށްޓާއި ދޭޭތެރޭ ލޯބި އުފައްދައި، އެ ފަންނާނުންނަކީ ހަމައެކަނި މިއުޒިކު ކުޅޭ ބައެއްގެ ގޮތުގައި ދެކޭ ދެކުން ބަދަލުކޮށްލުމެވެ. މީގެ އިތުރުން ޒުވާން ފަންނާނުންނަކީ ޒިންމާދާރު، މި ޤައުމަށް ބޭނުންތެރި ބައެއްގެ ގޮތުގައި ހެދުމެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 އޭޕްރިލް 2025ޚަބަރުމިއަދު އެލިމިނޭޝަން ބުރުގައި “ޓޫ އޮފް އަސް” ގެ ފުރަތަމަ ހުށައެޅުން
- 29 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުން އަބަދަށް ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް!
- 28 އޭޕްރިލް 2025ޚަބަރުމާދަމާރޭ “ސޮރީ” ގެ ޓިކެޓް ވިއްކަން ފަށަނީ
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި